ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ށ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމުގެ ނަންބަރު:

J-366533

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް . އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ. އަތޮޅު ހޮސްޕިޓަލް

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ  

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  އާއި ހަމަޖެހިފައިވާ އުސޫލުން ރިސްކު އެލަވަންސް.
  3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފީސް ހުޅުވުމާއި ލެއްޕުން. އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެހޭ ހާލަތް ތަކުގައި އިސްވެރިއެއްގެ ހުއްދައާއެކު ހުޅުވާ ލެއްޕުމުގައި އެހީތެރި ވެދިނުން
  2. އެކި އެކި ފަރާތްތަކުން އޮފީހަށް އަންނަ ސިޓީ، ފެކްސް ، މެސެޖް، ނޯޓް އަދި ރިޕޯރޓް ފަދަ އެންމެހައި ލިޔުންތައް އެންޓްރީ ކުރުމާއި ކަމާގުޅޭ ސެކްޝަންތަކަށް ދުވަހުން ދުވަހަށް ޙަވާލުކުރުން.
  3. ޔަވްމިއްޔާއަށް ބޭނުންވާ މަޢްލޫމާތު ސެކްޝަންތަކުންހޯދުމާއި, އޮފީހުގެ ދުވަހުގެ ޔައުމިއްޔާ ޤަވާއިދުން ލިޔެ ބެލެހެއްޓުމާއި، ކޮންމެ އަހަރެއް ނިމުމުން އަހަރު ރިޕޯޓް ލިޔެ މިނިސްޓްރީ އޮފް ހެލްތަށް ފޮނުވުން ، ކޮންމެ މަހެއްގެ ޔައުމިއްޔާ ރިޕޯޓްތައްޔާރުކޮށް މިނިސްޓްރީ އޮފް ހެލްތަށް ފޮނުވުން.
  4. ރަސްމީގަޑީގައި އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުމާއި ހޮސްޕިޓަލްގެ ރަސްމީ މެއިލް ބެލެހެއްޓުން
  5. އަތޮޅު ޞިއްޙީ މަރުކަޒުތަކުން އެއްކުރެވޭ މަޢުލޫމާތު ހޯދުމުގައި އިދާރީ ގޮތުން އެހީތެރިވެދިނުމާއި ، ހޮސްޕިޓަލުން ތައްޔާރު ކުރަންޖެހޭ އިދާރީ އެކި ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރިޕޯޓްތައް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  6. އެޗް އޯޑީ މީޓިންތަކުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސްޕައިވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން 
  7. ސެކްޝަންގެފަރާތުން ތައްޔާރު ކުރަންޖެހޭ ޕްލޭންތަކާ، ރިޕޯޓާ އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  8. ހޮސްޕިޓަލްގެ ވާރކް ޕްލޭން އަދި ހަރަކާތްތައް ތަންފީޒުކޮށް ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން
  9. އޮފީހުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާއި، ބައްދަލުވުންތައް އިންތިޒާމުކުރުމުގައި ސެކްޝަންގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން
  10. އޮފީހުން ބާއްވާ މީޓިންގތައް އިސްވެރިޔާގެ ލަފާގެމަތިން އިންތިޒާމުކުރުމާއި، މީޓިންގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން އަދި ހޮސްޕިޓަލްގެ އެކި ސެކްޝަންތަކުން ބާއްވާ މީޓިންގތަކުގެ ރެކޯރޑް ބެލެހެއްޓުން.
  11. ހޮސްޕިޓަލުން ބާއްވާ ޙަފްލާތަކާއި ވޯކްޝޮޕްތަކުގެ އިންތިޒާމްތައް ހަމަޖެއްސުން.
  12. ހޮސްޕިޓަލަށް ޒިޔާރަތްކުރާ ޓީމުތަކުގެ މެހެމާންދާރީގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް އެކަންތައް ކުރިއަށް ގެންދިއުން.
  13. އޮފީހުގެ އިސްވެރިންގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  14. ސެކްޝަނުން ފޮނުވާ ސިޓީ މެމޯ ފަދަ ތަކެތި ލިޔެ ތައްޔާރުކުރުން.
  15. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ރާވާ ހިންގާ ބެލަހައްޓާކަން ޔަގީންކުރުން
  16. އިދާރީ މުވައްޒަފުންގެ މަސައްކަތް ކުރެވެމުންދާގޮތް ބަލައި، ސްޕަވައިޒްކުރުން، އަދި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ބާރުއަޅާ އެހީތެރިވުން
  17. ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ ފެންވަރު ބެލުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ ފޯމުތައް ފުރައި، ކަނޑައެޅިފައިވާ ތާރީޚަށް ނިންމުން
  18. ހޮސްޕިޓަލުގެ  ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން
  19. ސެކިއުރިޓީ އަދި މަސައްކަތު މުވައްޒަފުން ސުޕަވައިޒްކުރުމާއި އަދި މީގެއިތުރުން މެންޑޭޓަށް އަންނަ ބަދަލާއިގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  20. ހޮސްޕިޓަލާ އާއި ހޮސްޕިޓަލްގެ ދަށުގައިވާ ތަންތަނަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރުން
  21. ހޮސްޕިޓަލާ އާއި ހޮސްޕިޓަލްގެ ދަށުގައިވާ ތަންތަނަށް ޕްރޮކިއުމަންޓުން ހިންގާ މަސައްކަތްތަކަށް އަންނަ ބިލްތައް ވެރިފައިކޮށް، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްސްތަކާއެކު ލަސްނުކޮށް އެކައުންޓްސް ޑިވިޜަނަށް ބިލްތައް ހުށަހެޅުމުގެ މަސައްކަތް ކުރުން.
  22. ހޮސްޕިޓަލާ އާއި ހޮސްޕިޓަލްގެ ދަށުގައިވާ ތަންތަނުން އިޢުލާންކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި، ޚިދުމަތްތައް ހޯދުމަށްޓަކައި އިޢުލާންކުރުމުގެ ކުރިން މަޢުލޫމާތު ޝީޓާއި، ޕޮއިންޓް ދޭނެ މިންގަނޑު ތައްޔާރުކޮށް އެކަމަށް އިޢުލާނުކުރުން
  23. އިޢުލާނުކޮށްގެން ލިބޭ އެސްޓިމޭޓްތައް އިވެލުއޭޓްކޮށް ޓެންޑަރ ކޮމިޓީއަށް ހުށަހަޅައި ކޮމިޓީއިން ނިންމާ ފަރާތަކަށް މަސައްކަތްތައް ޙަވާލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  24. މަސައްކަތް ހަވާލުކުރެވޭ ފަރާތްތަކުން މަސައްކަތް މުއްދަތަށް ނިންމާތޯއާއި އަދި މުއްދަތަށް ނުނިންމާ ފަރާތްތަކާއިމެދު ޤަވާޢިދުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންތައްތައް ކުރުން.
  25. ހޮސްޕިޓަލާ އާއި ހޮސްޕިޓަލްގެ ދަށުގައިވާ ތަންތަނުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހުސްނުވާނެ ގޮތަށް ހޯދުމުގެ މަސައްކަތްކުރުން
  26. ޓެންޑަރ މަސައްކަތްތައް ބެލެހެއްޓުމާއި ޓެންޑަރކުރެވޭ މަސައްކަތްތައް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރުން
  27. ހޮސްޕިޓަލުން ކުރަންޖެހޭ އެއްގަމު ދަތުރުތަކާއި، ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް އިންތިޒާމްކުރުން 
  28. ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚަށް ގުޅުންހުރި ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތުގައި އެހީތެރިވުން.
  29. ހޮސްޕިޓަލުން ދެވޭ ސްޕެޝަލިސްޓް ޚިދުމަތްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމަށް އައުޓްރީޗް ޕްލޭނެއް އެކުލަވާލާ އެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  30. އައުޓްރީޗް ދަތުރުތައް ހަމަޖެއްސުމާއި ދަތުރުދިއުމާއި ދަތުރު ރިޕޯޓް ތައްޔާރުކުރުން / ޞިއްޙީމަރުކަޒުތައް ސްޕަވައިޒް ކުރުން
  31. ހޮސްޕިޓަލުގެ މަސައްކަތްތަކާ ގުޅޭގޮތުން ޚަބަރު ތައްޔާރުކޮށް، ގަވާއިދުން މީޑިއާއަށް މަޢުލޫމާތު ފޯރުކޮށްދީ، ހޮސްޕިޓަލުގެ ވެބްސައިޓް، ޓްވިޓަރ އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް އަޕްޑޭޓްކޮށް ބަލަހައްޓަމުންދާކަން ޔަގީންކުރުން
  32. ހޮސްޕިޓަލުން އެކިއެކި ފަރާތްތަކަށް ފޮނުވޭ ލިޔެކިއުންތަކާއި ، ހޮސްޕިޓަލަށް އެކިއެކި ފަރާތްތަކުންލިބޭ ލިޔެކިއުންތައް ހަރުދަނާ ގޮތެއްގެމަތިން ފައިލް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އެކަންކުރިއަށްދާގޮތް ބެލުން އަދި ފައިލް ކުރުމުގައި އެހީތެރިވުން
  33. އާންމުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމަތުތަކާއި، ޤަވާއިދުތައް އާންމުންނަށް ފެންނާނެހެން ހޮސްޕިޓަލުގެ ނޯޓިސްބޯރޑްގައި ބެހެއްޓުން 
  34. ސެކްޝަނަށް ބޭނުންވާ އޮފީސް ސްޓޭޝަނަރީސް ސްޓޮކުން ނެގުމާއި ތަކެތި ބެލެހެއްޓުން 
  35. އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން
  36. ޞިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  • ގުޅޭ ވަޒީފާގެ ދާއިރާތައް: އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް  

 

މަޤާމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގު(ތައް):

އެޑްމިނިސްޓްރޭޝަން

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން :

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން  

މަޤާމުގެ ކޯ ޑިސިޕްލިން : ނެތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 އޮގަސްޓް 2022 ވަނަ ދުވަހު 14:00 ގެ ކުރިން، ށ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އެސެސްމަންޓް އޮންނާނީ 2022 އޮގަސްޓް މަސްތެރޭގައި ށ. އަތޮޅު ހޮސްޕިޓަލްގަ އެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހިސަރުކާރުގެ ގެޒެޓް ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540502 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

20 ޖުލައި 2022
ހޯދާ