މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ސްޓްރެންތްނިންގ އެކްސްޕާޓެއް ހޯދުމާބެހޭ

ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް ރިފޯމް ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމާއި، ދައުލަތުގެ މާލީ ހިސާބުތަށް ރިކޯޑު ކުރުމާއި ރިޕޯޓް ކުރުމުގައި ހަރުދަނާ އުސޫލުތައް އިމްޕްލިމެންޓް ކުރުމުގެ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ސްޓްރެންތްނިންގ އެކްސްޕާޓް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ހުށަހަޅާ ލިޔެކިޔުންތަކަށް ބަލައި ޓެކްނިކަލް އިވެލުއޭޝަނެއް ހެދޭނެއެވެ. ޓެކްނިކަލް އިވެލުއޭޝަންއިން 70% އަށްވުރެ މަތިން މާކުސް ހޯދާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް ހޮވިގެންދާނީ އެ ފަރާތްތަކުން ހުށަހަޅައިފައިވާ އަގަށް ބިނާކޮށެވެ. 

މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢުކޮށްފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 7 އޯގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ވަޑައިގެން ޓީ.އޯ.އާރގައިވާ ލިޔެކިޔުންތަކާއެކު ޕްރޮޕޯސަލް މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރަށް ގުޅައިގެން ނުވަތަ އީމޭލްގެ ޒަރިއްޔާއިން ހުށަހެޅުއްވޭނެއެވެ.

19 ޖުލައި 2022
ހޯދާ