މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
193 ސަރުކާރު ސްކޫލަށް ސްޓްރެޗަރ ގަތުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕްރޮކިއުމަންޓް ރިފަރަންސް: MV-MoE-291113-GO-RFB

193 ސަރުކާރު ސްކޫލަށް ސްޓްރެޗަރ ގަތުމަށް ބޭނުންވެއްޖެ

ދިވެހި ސަރުކާރުން ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ ފަރާތުން 193 ސަރުކާރު ސްކޫލަށް ސްޓްރެޗަރ ގަތުމަށް ބޭނުންވެއްޖެއެވެ.

ބީލަން ބެލޭނެ މިންގަނޑު:

މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވަރކްސް، ނޮން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސަރވިސަސް، ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އަދި އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.

ބީލަން އުޞޫލު:

މި ތަކެތި ފޯރުކޮށްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރަންޖެހިވަޑައިގަންނަވާ ބީލަން އުޞޫލު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  https://www.moe.gov.mv  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ބީލަން އުޞޫލު [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

ބީލަން ހުށައެޅުން:

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 10:00 އަށް ތިރީގައިވާ އެޑްރެހަށް ބީލަން އުޞޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 6،168.00 ރުފިޔާ (400.00 ޑޮލަރު) އާއެކު ބީލަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅުއްވާ ބީލަން އަދި އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށް ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅުއްވާ ފަރާތްތަކާއި ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތިރީގައިވާ އެޑްރެހަށް 20 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 10:00 އަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ.

ބީލަން އެޑްރެސް ކުރުން އަދި ހުށަހަޅަންވީ އެޑްރެސް:

އާއިޝަތު ނީނާ - ޕްރޮޖެކްޓް ކޯޑިނޭޓަރ،

މޯލްޑިވްސް ލަރނިންގ، އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3341295

އީ-މެއިލް: [email protected]

19 ޖުލައި 2022
ހޯދާ