ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ހިރިލަންދޫ ކައުންސިލް އިދާރާގެ ގުދަން އިމާރާތްކުރުން

ތ. ހިރިލަންދޫ ކައުންސިލް އިދާރާގެ ގުދަން އިމާރާތް ކުރަން ބޭނުންވެއްޖެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށައެޅުމަށް އާންމުކޮށް ފުރުސަތު ހުޅުވާލަމެވެ.  

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  19 ޖުލައި 2022 ވާ އަންގާރަ ދުވަހުން ފެށިގެން 2 އޮގަސްޓް 2022 ވާ އަންގާރާ ދުވަހުގެ 11:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށައަޅައިގެން ރަޖިސްޓްރީކުރައްވައި، ބީލަން ކަރުދާސް ބައްލަވައިގަތުން އެދެމެވެ. ބީލަން ކަރުދާހުގެ އަގަކީ -/50ރ އެވެ. ރެޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެ، ބީލަން ކަރުދާސް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މިއިދާރާގެ ނަންބަރ (IUL)389/389/2022/17  އިޢުލާނާއި ގުޅިގެން ބިޑް ފޮތް ބައްލަވައިގެންފައިވާ ފަރާތްތަކުން އަލުން ބިޑް ފޮތް ބައްލަވައިގަންނަވަން ފައިސާދައްކާކަށް ޖެހިވަޑައި ނުގަންނަވާނެއެވެ. މި ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑްހުށައެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލްގައި އެވަނީއެވެ.

 

ތަން

ތާރީހް

ދުވަސް

ގަޑި

ޕްރީ-ބިޑް މީޓިންގ

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

03 އޮގަސްޓް 2022

ބުދަ

13:30

ބިޑް ހުށައެޅުން

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

07 އޮގަސްޓް 2022

އާދިއްތަ

11:00

         

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

19 ޖުލައި 2022
ހޯދާ