މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ ނަން: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ(ވަގުތީ)

މުސާރަ: 3565.00 ރުފިޔާ

ސާރވިސް އެލަވަންސް: 1000.00 ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

 

މަސައްކަތް ކުރަންޖެހޭ ތަން:  ޒޯން ސްޓޭޑިއަމް 7 / ގދ.ތިނަދޫ

ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

2. ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުން. 

 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތައް ކުރުން.

- ޕްރޮގުރާމުތައް ރާވައި ހިންގުމުގައި އެހީތެރިވެ ކުރުން.

- ހެދިފައިވާ ޓޭބަލްއާ އެއްގޮތަށް މުވައްޒަފުން ޑިއުޓީއަށް ނުކުމޭތޯ ބެލުން.

- ފައިސާއާ ބެހޭ ލިޔެކިއުމާއި އަދި އެހެނިހެން ލިޔެކިޔުންތައް ބެލެހެއްޓުން.

- ލިޔެކިއުން ފަސޭހައިން ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން.

- ތަނުގެ އެންމެހައި ކަންތައްތައް ކުރަންވާނީ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން

- ކުޅިވަރު ކުޅެން އަންނަ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް އުފެއްދުން.

- ތަނުގެ ސާފުތާހިރުކަމާ މަރާމާތުގެ ކަންތައް ބެލެހެއްޓުން.

- ސުޕަވައިޒަރާ ގުޅިގެން ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ރިޕޯޓު މިނިސްޓްރީ އަށް ފޮނުވުން.

 

ނޯޓް:

- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކުރުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

- މި މަޤާމުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ގދ.ތިނަދޫ ޒޯން ސްޓޭޑިއަމް 7 ގައެވެ.

- މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމާ ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށް ފަހު އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ ދިހަ ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ސުންގަޑި: 2014 އޮކްޓޫބަރު 15 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަދި ގދ.ތިނަދޫ ގައި ހުންނަ ޒޯން ސްޓޭޑިއަމް 7 ށެވެ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ގދ.ތިނަދޫގައި ހުންނަ ޒޯން ސްޓޭޑިއަމް 7 އަދި  ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބްސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347461 އަށް

07 ޛުލްޙިއްޖާ  1435 

01 އޮކްޓޫބަރު 2014
ހޯދާ