މުލަކަތޮޅު މަޑުއްވަރީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒުގައިވާ ބައެއް މުދާ ނީލަން ކިއުމާއި ގުޅޭ

މުލަކަތޮޅު މަޑުއްވަރީ ޞިއްޙީމަރުކަޒު

 މ. މަޑުއްވަރި، ދިވެހިރާއްޖެ

ނަންބަރު: K9-HC/IUL/2022/04

އިޢުލާން

 

މި މަރުކަޒުގައިވާ ބައެއް މުދާ ނީލަން ކިއުމާއި ގުޅޭ

ނީލަމާއިބެހޭ މަޢުލޫމާތު

  މި މަރުކަޒުގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 24 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ގައި މ. މަޑުއްވަރީ ޞިއްޙީމަރުކަޒުގައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

އައިޓަމް ކޯޑް

މުދާ

މުދަލުގެ ހާލަތު

އަދަދު

ނީލަންކިޔަން ފެށޭނެ އަގު

IC001

ފްލަޝްޓޭންކް

ހަލާކުވެފައި

1

5.00

IC002

ސަކްޝަން މެޝިން

މަސައްކަތް ނުކުރޭ

1

10.00

IC003

އޭ.ސީ BTU24000 (ފާރުގައި ހަރުކުރާ ބްރެކެޓާއި އެކު)

ދަބަރު ޖަހާފައި

1

50.00

IC004

ސީލިންގ ފަންކާ

މަސައްކަތް ނުކުރޭ

7

5.00

IC005

އީ.ސީ.ޖީ މެޝިން

މަސައްކަތް ނުކުރޭ

1

5.00

IC006

ބޭބީ އެނދު

ދަބަރު ޖަހާފައި

1

10.00

IC007

ވައިޓް ބޯޑް

ގިނަ ދުވަސްވެފައި

1

10.00

IC008

ޖަނަރޭޓަރ (ކުޑަ)

މަސައްކަތް ނުކުރޭ

1

500.00

IC009

ޖަނަރޭޓަރ (ބޮޑު)

މަސައްކަތް ނުކުރޭ

1

1000.00

10IC0

ޑީފްރިޖް

މަސައްކަތް ނުކުރޭ

1

150.00

IC011

އިމަޖަންސީ ލައިޓް

ހަލާކުވެފައި

5

1.00

IC012

އިސްތިރި

ހަލާކުވެފައި

1

1.00

IC013

މަރުތެޔޮ

ހަލާކުވެފައި

1

1.00

IC014

ފަތި ޓީވީ

މަސައްކަތް ނުކުރޭ

1

20.00

IC015

3 ފޭސް ކަރަންޓް މީޓަރ

ހަލާކުވެފައި

1

5.00

IC016

ފެންއަޅާ ހަން (5 ލީޓަރ)

ގިނަ ދުވަސްވެފައި

5

2.00

IC017

ފޮޓޯކޮޕީ މެޝިން

މަސައްކަތް ނުކުރޭ

1

5.00

IC018

ކޮމްޕިއުޓަރ މޮނީޓަރ

މަސައްކަތް ނުކުރޭ

4

5.00

IC019

އައިވީ ސްޓޭންޑް

ދަބަރު ޖަހާފައި

1

5.00

IC020

ކަރަންޓު ކޭބަލް

ގިނަ ދުވަސްވެފައި

2

50.00

IC021

ގަސްކޮށާ ކަތުރު

ހަލާކުވެފައި

2

2.50

IC022

ނެބިއުލޭޒަރ

ހަލާކުވެފައި

1

10.00

IC023

ދޮރުގެ އަތްގަނޑު

ހަލާކުވެފައި

3

1.00

IC024

ކީބޯރޑް

މަސައްކަތް ނުކުރޭ

3

1.00

IC025

ކޮމްޕިއުޓަރ ސްޕީކަރު

މަސައްކަތް ނުކުރޭ

2

2.50

IC026

ކަލްކިއުލޭޓަރ

ހަލާކުވެފައި

2

1.00

IC027

މައުސް

ހަލާކުވެފައި

1

1.00

IC028

ސީޑީ ޕްލެޔަރ

ހަލާކުވެފައި

1

5.00

IC029

ޑޯރ ކްލޯޒަރ

ހަލާކުވެފައި

1

1.00

IC030

ވޯޓަރ ޕްރޫފް ލައިޓް

ހަލާކުވެފައި

1

1.00

IC031

އެއަރ ޕްޔުރިފައަރ

ހަލާކުވެފައި

1

1.00

IC032

ދަގަނޑު ކަބަޑު

ދަބަރު ޖަހާފައި

2

20.00

IC033

ފަކީރާ

ހަލާކުވެފައި

1

1.00

IC034

ކޮމްޕިއުޓަރ މޭޒް

ހަލާކުވެފައި

3

1.00

IC035

ވައިތަންޑު

ގިނަ ދުވަސްވެފައި

1

1.00

IC036

ބައު އިސްކުރު (ކޮޗޭ)

ދަބަރު ޖަހާފައި

100

5.00

IC037

ދޮންނަ މެޝިން

މަސައްކަތް ނުކުރޭ

1

15.00

IC038

އައިސް އަލަމާރި

މަސައްކަތް ނުކުރޭ

1

100.00

IC039

އޮފީސް ގޮނޑި

ހަލާކުވެފައި

6

3.00

IC040

އާދައިގެ ގޮނޑި

ގިނަ ދުވަސްވެފައި

40

4.00

IC041

ލޭބަލާ މެޝިން

ހަލާކުވެފައި

6

1.00

IC042

ޕްރިންޓަރ

ހަލާކުވެފައި

1

5.00

IC043

މައިކް

ހަލާކުވެފައި

1

5.00

IC044

ފޮށިގަނޑު ޓީވީ

ހަލާކުވެފައި

1

5.00

IC045

ފާރުގައި ހަރުކުރާ ގަޑި

މަސައްކަތް ނުކުރޭ

3

1.00

IC046

ކައްޓާ

މަސައްކަތް ނުކުރޭ

2

5.00

IC047

އެލް ބްރެކެޓް

ދަބަރު ޖަހާފައި

2

2.50

IC048

ދަގަނޑު ގޮނޑި

ގިނަ ދުވަސްވެފައި

1

10.00

IC049

އެންބިއުލާންސް ހެޑްލައިޓް ކަވަރު

ހަލާކުވެފައި

1

1.00

IC050

ނޯޓިސް ބޯޑު

ގިނަ ދުވަސްވެފައި

1

5.00

 

ނީލަންކިޔުމުގެ އުސޫލު

        ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

  • ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  • ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
  • ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
  • ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މަރުކަޒަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.

19 ޖުލައި 2022

19 ޖުލައި 2022
ހޯދާ