ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކާ ޖުލައި މަހު ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތު ބައްދަލުވުން 2022 ޖުލައި 24 ވާ އާދީއްތަ ދުވަހުގެރޭ 20:45 ގައި ބާރަށު ސްކޫލް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ތަރައްޤީ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރު (2023) ގެ މަސައްކަތު ތާވަލާއި ބަޖެޓް ހިއްސާކުރެވި ރައްޔިތުންގެ ޚިޔާލު ހޯދުން އޮންނާނެއެވެ. މި ބައްދަލުވުމުގައި ބާރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ. ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ. 20 ޒުލްހިއްޖާ 1443 19 ޖުލައި 2022
|
19 ޖުލައި 2022
ހޯދާ