ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އުލިގަމުގެ ލޭންޑް ޔޫސްޕުލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ

އުލިގަން، ދިވެރާއްޖެ.

                                                             ނަންބަރ: 245/245/2022/37(IUL)

އިޢުލާން

  

ހއ. އުލިގަމުގެ ލޭންޑް ޔޫސްޕުލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

          މިކައުންސިލުން ލޭންޑް ޔޫސް ޕުލޭނު ހަދާދޭނެ ފަރާތެއް ހޯދުމަށް ކުރިން ކޮށްފައިވާ ނަންބަރު: 245/245/2021/21(IUL) އިއުލާން އާއި ގުޅިގެން ހުށައަޅާފައިވާ އަގުތަކަކީ އަންދާޒާ ކުރިއަގައްވުރެ ބޮޑު އަގުތަކެއްކަމުގައި ވާތީވެ އެއިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އެފުރުސަތު ހުޅުވާލަމެވެ.

 

ހއ. އުލިގަމުގެ  ލޭންޑް ޔޫސް ޕްލޭން ތިރީގައިދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މިބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ނަންބަރު 6500036 އަށް ގުޅުއްވާ ނުވަތަ  [email protected] އަށް މެއިލްކުރައްވާ ބިޑްގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ބިލާމާއި ގުޅިގެން ސާފުކުރަންޖެހޭ އިތުރު އެއްވެސް މައުލޫމާތެއް ނުވަތަ ސުވާލެއް ކުރައްވާނީ 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ 14:00  ގެ ކުރިން މިއިދާރާގެ  [email protected] މެއިލް އެޑްރެސްއަށް މެއިލް ކުރައްވައިގެން ނުވަތަ ކައުންސިލުގެ 6500036 ނަންބަރާއި ގުޅުއްވައިގެންނެވެ.

 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މިގަޑީގައި ހުށައެޅޭ އަންދާސީ ހިސާބުތައް ކަނޑައި މަޢުލޫމާތު އެންޓާކޮށް އަގު ސީޓްގައި ސޮއި ކުރުން އޮންނާނެއެވެ.  ގަޑި ޖެހުމަށްފަހު ހުށައެޅޭ އަންދާސީ ހިސާބުތަކާއި،  ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮއްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށައަޅަންވާނެއެވެ. މި މަސައްކަތް ކުރުމަށް ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިނުވާ ފަރާތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

ލޭންޑް ޔޫސް ޕްލޭން ހެދުމާގުޅޭ މަޢުލޫމާތު:

  1. ރަށުގެ ބޮޑުމިން ހެކްޓަރުން ބުނެދޭންވާނެ.
  2. ރަށުގެ ބިން ސާވޭކޮށް އެގްޒިސްޓިން ސުކޭލް ބޭސް ޗާޓެއް (މެޕެއް) ތައްޔާރުކޮށްދިނުން.
  3. ޕާމަނަންޓް ސާވޭ ޕޮއިންޓް (PSM) އެއް ގާއިމްކުރުން. .
  4. މި ލޭންޑް ޔޫސް ޕުލޭންގެ ދަށުން ރަށުގައި މިހާރު ހުސްކޮންހުރި ބިންތަކާއި ޗަކަބިންތަކާއި ކުޅިތަކާއި އަދި ފަޅު ބޭނުންކުރަން ހުށައަޅާ ގޮތްތަކާއި، ބޭނުން ކުރާނެ ގޮތުގެ ޕުލޭން ކައުންސިލްގެ މަޝްވަރާއާއެކު ތައްޔާރުކުރަން ވާނެއެވެ.
  5. މުސްތަގުބަލުގައި ރަށުގައި ގާއިމުކުރާ ހިދުމަތްތަކާއި، ޕާކުތަކާއި، މައިޒާންތައް، ހައުސިން ބޭނުންތަކާށާއި ވިޔަފާރި އާއި އިގްތިޞާދީ ބޭނުމަށް ކަނޑައެޅޭ ބިންތައް ފާހަގަވެ އެގެންއޮނަންވާނެއެވެ.
  6. ރަށުގެ ޗާޓް ކުރަހަން ވާނީ އޮޓޯކެޑް ބޭނުންކޮށްގެންނެވެ.
  7. ރަށުގެ ލޭންޑް ޔޫސް ޕުލޭން އެކުލަވާލަންވާނީ، މަސައްކަތްކުރާ ފަރާތުން ރަށުގެ ކައުންސިލާއި ރަށުގައިހުރި އެހެން އިދާރާތަކާއި، ރަށުގެ ރައްޔިތުންގެ ތެރެއިން އެކި މީހުންނާއި މަޝްވަރާކޮށް ޚިޔާލު ހޯދައިގެންނެވެ. މީގެ އިތުރުން ލޭންޑް ޔޫސް ޕުލޭން ޑްރާފްޓް ކުރުމަށްފަހު ކައުންސިލުން ކަނޑައަޅާފައިވާ ކޮމެޓީގެ ޚިޔާލު ހޯދަންވާނެއެވެ.  
  8. މި މަސައްކަތުގައި ހިމެނޭ ލޭންޑް ޔޫސް ޕުލޭން ނިންމަންވާނީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކަށް ރިޢާޔަތްކޮށް، ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލާއި ހއ. އަތޮޅު ކައުންސިލާއި އަދި މޯލްޑިވިސް ލޭންޑް ސާވޭ އޮތޯރިޓީއިން ގަބޫލުކުރާ ފެންވަރަށެވެ
  9. މޯލްޑިވްސް ލޭންޑް ސާވޭ އޮތޯރިޓީން ގެންނަން ބޭނުންވާ އެއްވެސް އިސްލާހެއް އޮތްނަމަ އެކަމެއް ލޭންޑް ޔޫސް ޕުލޭނަށް ގެނެސް އެފަރާތުގެ އެޕްރޫވަލް ހޯދުމަށްފަހު ކައުންސިލަން ހުށަހަޅަންވާނެއެވެ.
  10. ރަށުގެ ލޭންޑް ޔޫސް ޕުލޭން ހަދަންވާނީ ދިވެހިރާއްޖޭގެ ބިނާވެށި ޕުލޭނާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.
  11. މި މަސައްކަތާއި ޙަވާލުވާ ފަރާތަކަށް ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލުން ފޯރުކޮށްދޭނެ ޚިދުމަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

     (ހ) ރަށުގެ އިދާރާތަކާއި މަޝްވަރާކުރުމުގެ އިންތިޒާމް ހަމަޖައްސައިދީ ބައިވެރިވުން.

     (ށ) ރަށުގެ ރައްޔިތުންނާއި، ކުލަބު ޖަމިއްޔާތަކާއި އަދި މުއައްސަސާތަކުގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތައް އިންތިޒާމްކޮށްދީ ބައިވެރިވުން.

     (ނ) ކައުންސިލްގެ ފަރާތުން ދައުލަތުގެ މުއައްސަސާތަކާއި ކުރަންޖެހޭ އެންމެހައި މުޢާމަލާތު ކުރުން.

12- މިމައުލޫމާތާއި ރަށުގެ ޒޯން ޕްލޭން ޗާޓެއް އެޓޭޗްކުރެވިފައިވާނެއެވެ.

13- ލޭންޑް ޔޫސް ޕްލޭންގެ ފައިނަލް ކުރެހުމުގެ ހާޑުކޮޕީއާއި ސޮފްޓް ކޮޕީ (އޮޓޯކެޑް ފޯމެޓްގައި) ކައުންސިލަށް ހުށަހަޅަން ވާނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ހުށަހަޅާ ޕްރޮޕޯސަލް
  • މަސައްކަތް ކޮށްދިނުމަށް ހޭދަވާނެ މުއްދަތު
  • ހއ. އުލިގަމަށް ދަތުރު ކުރަންޖެހޭނަމަ، ދަތުރުކުރުމަށް ޕްލޭންކުރާގޮތް. (ދަތުރުގެ ޢަދަދު، ކޮންމެ ދަތުރެއްގައި ހޭދަވާނެ މުއްދަތު، ދަތުރުގެ ބޭނުން، މިނޫންވެސް ދަތުރާއި ގުޅުންހުރި މަޢުލޫމާތު.
  • ލޭންޑް ޔޫސް ޕުލޭން މިނިސްޓްރީން ޤާބޫލުކޮށް ހުއްދަ ދިނުމާއި ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ޖުމުލަ އަގު (ދިވެހި ރުފިޔާއިން )

2-      ޕްރޕޯސަލް ހުށަހަޅާ ކުންފުނިތަކުން ނުވަތަ އިންވެސްޓްމަންޓްތަކުން އެފަރާތުގެ ރަޖިސްޓްރީގެ ކޮފީ އާއި ޕްރޮފައިލް.

3-       މަސައްކަތާއިގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހިންގާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިމެނޭ ލިޔުންތައް ހުށައެޅުން.

4-      މަސައްކަތުގައި ބައިވެރިވާ ބޭފުޅުންގެ ނުވަތަ ކުންފުނީގެ މުވައްޒަފުންގެ ވަނަވަރު.

5-      ސާވޭޔަރުންގެ ގޮތުގައި ކަމާގުޅޭ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން، ކޮންސަލްޓެންޓެއްގެ ގޮތުގައި އީ.ޕީ.އޭ އިން ދެއްވާފައިވާ ހުއްދަ ނުވަތަ ރަޖިސްޓްރީގެ ކޮޕީ

 

 

އިތުރު މަޢުލޫމާތު:

  1.   ޕޮރޕޯސަލް ހުށައަޅަންވާނީ ސިޓީ އުރައަކަށްލާ ބަންދުކޮށް ހއ. އުލިގަމު ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހެޅި ފަރާތުގެ މައުލޫމާތު އަދި "ހއ.އުލިގަމު ލޭންޑް ޔޫސް ޕްލޭން ހެދުމަށް" މިހެން ލިޔެ އިޢުލާނު ނަންބަރު ލިޔަންވާނެއެވެ.
  2.   އެކަށީގެންވާ ޕްރޮޕޯސަލެއް ލިބިފައި ނުވާނަމަ ހުށަހަޅާފައިވާ ޕުރޮޕޯސަލްތައް ބާތިލްކުރުމުގެ އިޚްތިޔާރު ހއ. އުލިގަމު ކައުންސިލަށް ލިބިގެން ވެއެވެ.
  3.   ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބެލުމަށް ހަމަޖެހިފައިވަނީ:
  •     އަގު %60 ( ފަސްދޮޅަސް ޕަސެންޓް )
  •     މަސައްކަތުގެ މުއްދަތަށް %20 ( ވިހި ޕަސެންޓް) ،
  •     މަސައްކަތުގެ ތަޖްރިބާ އަދި ފަންނީ ޤާބިލްކަމަށް %20 (ވިހި ޕަސެންޓް)

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

20 ޛުލްޙިއްޖާ 1443

 19 ޖުލައި 2022

19 ޖުލައި 2022
ހޯދާ