ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކި އެކި ބޭނުމަށް ކައުންސިލުން ދޫކޮށްފައިވާ ބިންބިމުގެ އިންފާރު ރޭނުމާއި ގުޅޭ:

   މީހުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގޯތިތަކާއި އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންބިމުގެ އިންފާރު ރޭނުމުގެ ކުރީން ކައުންސިލަށް ހުށަހަޅައިގެން އެބިމެއްގެ އިން ވަކިކުރުވުމަކީ ޒަމާނުއްސުރެ ޢަމަލުކުރަމުން އަންނަ އުޞޫލެވެ. ނަމަވެސް އެއުޞޫލުން ބޭރުން އަމިއްލަ އަމިއްލައިން މިފަދަތަންތަނުގައި ފާރުރޭނުމުން އެފާރު އެބިމެއްގެ އިމުން ބޭރުވެގެން ތަޅާލަން ޖެހުނަސް ކައުންސިލަށް އެކަމުގެ ޒިންމާ ނުނެގޭނެއެވެ. އަދި ރާނާ ފާރެއްގެ ދޮރު ބަހައްޓަންވާނީ ކައުންސިލުން އަންގާ މަސްލަޙަތު ހިމެނޭ ގޮތަކަށެވެ.

   ވުމާއެކު ފާރުރޭނުމާއި ދޮރު ކެޑުމުގެ ކަންތައް ކުރުމުގެ ކުރީން ކައުންސިލުން ދޫކުރާ ފޯމް ހުށަހަޅައި ހުއްދަހޯދުމަށް ހަނދުމަ ކޮށްދިނުމުގެ ގޮތުން އަންގާ އިޢުލާން ކުރީމެވެ.

18 ޖުލައި 2022
ހޯދާ