ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ޕަވާ ޓު ޕާރސުއޭޑް" ޕްރޮގްރާމާ ގުޅޭ

ކެއަރ ސޮސައިޓީ އާއި އައި.އެފް.އީ.އެސް (IFES) އާއި ގުޅިގެން "ޕަވާ ޓު ޕާރސުއޭޑް" ޕްރޮޖެކްޓްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ އަންހެނުން މުޖުތަމައުގައި ބާރުވެރި ކުރުވުމާއި، އަދި ބައިވެރު ކުރެވޭނެ ގޮތްތައް ދެނެގަނެ އެފަދަ ފަރާތްތަކުގެ ޙިއްސާ މުޖުތަމައުއަށް ދެވޭނެ ފަދަ މާހައުލެއް ޤާއިމްކުރުމަށްޓަކައި ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި (މާލެ ސިޓީ، އައްޑޫ ސިޓީ، ލާމު އަތޮޅު އަދި ހދ.އަތޮޅު) ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 100 އަންހެނުން ތަމްރީނު ކުރެވި އެފަރާތްތަކުގެ ހިއްސާ އާއި އަޑު މުޖުތަމައުއަށް ވާސިލް ކޮށްދެވޭނެ ފަދަ ބާރުވެރި ފަރާތްތަކެއް ބިނާކުރެވިގެން ދާނެއެވެ.

14-12 އޮގަސްޓް 2022 އަށް ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ސަރަހައްދުގައި މި ވަރކް ޝޮޕް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ވަރކް ޝޮޕްގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް 19 ޖުލައި 2022 14:00ގެ ކުރިން ނަން ނޯޓު ކުރެއްވުން އެދެމެވެ. އަދި ބައިވެރިވާ ފަރާތާއެކު އެހީތެރިއަކު ގެންދިޔުމުގެ އިޙްތިޔާރު ބައިވެރިޔާއަށް ލިބިގެން ވެއެވެ.

ރެޖިސްޓެރޭޝަން ފޯމް ލިންކް: https://forms.gle/WMo1aYznY9ZZ7Cdq8

ލިންކް މެދުވެރިކޮށް ނަން ނޯޓް ކުރައްވަން ދަތިވާ ފަރާތްތަކަށް ފޯމު ފުރައިދިނުމުގެ ޚިދުމަތް 18 އަދި 19 ޖުލައި 2022، 13:00 އާއި 14:00 ދެމެދު ކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

17 ޖުލައި 2022
ހޯދާ