މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވާރލްޑް ހެލްތު އެސެމްބްލީ އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލުން

ވާރލްޑް ހެލްތު އެސެމްބްލީ އެވޯޑުތައް:

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިސްނަންގަވައިގެން ކޮންމެ އަހަރަކު ވާރލްޑް ހެލްތު އެސެމްބްލީގައި ދެއްވާ އެވޯޑުތަކުގެ ތެރެއިން 4 އެވޯޑެއް ދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ނިންމަވާފައެވެ. މިގޮތުން، 2015 ވަނަ އަހަރު ސްވިޒަރލޭންޑްގެ ޖެނީވާގައި ބާއްވަން ރާވާފައިވާ 68 ވަނަ ވާރލްޑް ހެލްތު އެސެމްބުލީގައި ދިނުމަށް ކަނޑައަޅުއްވާފައިވާ އެވޯޑުތަކަށް 2014 ވަނަ އަހަރުގެ ނޮވެންބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ހުޅުވާލާފައެވެ.

މިއެވޯޑު ތަކަކީ:

  1. ސަސަކަވާ ހެލްތު ޕްރައިޒް އެވޯޑު
  2. ޔުނައިޓެޑް އެރެބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން އެވޯޑު
  3. ސްޓޭޓް އޮފް ކުވައިތު ޕްރައިޒް ފޮރ ރިސަރޗް އިން ހެލްތު ޕްރޮމޯޝަން އެވޯޑު
  4. ޑރ. ލީ.ޖޯން ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު އެވޯޑު

އެވޯޑަށް ހުށަހެޅުމުގައި ކަންކުރަންވީ ގޮތްތައް:

"ސަސަކަވާ ހެލްތު ޕްރައިޒް އެވޯޑް" އާއި "ޔުނައިޓެޑް އެރެބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން އެވޯޑް" އާއި "ސްޓޭޓް އޮފް ކުވައިތު ޕްރައިޒް ފޮރ ރިސަރޗް އިން ހެލްތު ޕްރޮމޯޝަން އެވޯޑު" އާއި "ޑރ. ލީ.ޖޯން ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު އެވޯޑު" މިއެވޯޑުތަކަށް ކުރިމަތިލުމުގައި ކަން ކުރަންވީގޮތް އެނެކްސް ކުރެވިފައިވާ " ޕްރޮސީޖަރ ފޮރ ޕްރޮޕޯސިންގ ކެންޑިޑޭޓްސް" ގައި ހިމެނޭނެއެވެ. އެވޯޑުތަކާބެހޭ މަޢުލޫމާތުތައް އަދި އެޕްލިކޭޝަން ފޯމުތައްވެސް އެނެކްސް ކުރެވިފައި އެވަނީއެވެ. އަދި މިއެވޯޑުތަކާބެހޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިއެވޯޑުތަކަށް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ވަނަ އަހަރުގެ އޮކްޓޫބަރު 20 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު ރޯޝަނީ ބިލްޑިންގގެ ރިސެޕްޝަނާ ހަވާލުކޮށްދެއްވުމަށް އެދި ދެންނެވީމެވެ. އަދި އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް އިނގިރޭސި ބަހުން ތައްޔާރުކުރެއްވުމަށް ވެސް ދެންނެވީމެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވާނަމަ، ސީނިއަރ ޕްރޮޖެކްޓް އޮފިސަރ މަރިޔަމް ރައުފާ، އީމެއިލް:[email protected]،  ފޯނު ނަންބަރު: 3328887 އެކްސްޓެންޝަން:148، އާ ގުޅުއްވުން އެދެމެވެ.

02 އޮކްޓޫބަރު 2014
ހޯދާ