ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
އއ. ތޮއްޑޫ ދާގަބާ ސަރަޙައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްޤީކުރުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިން އަދި ތަފްޞީލީ ކުރެހުންތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް އއ. ތޮއްޑޫ ދާގަބާ ސަރަޙައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްޤީކުރުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިން އަދި ތަފްޞީލީ ކުރެހުންތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

25 ޖުލައި 2022 (ހޯމަ)

11:00

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު އިމާރާތް) އަދި އއ. ތޮއްޑޫ ކައުންސިލްގެ އިދާރާ (އއ. ތޮއްޑޫ)

ބީލަން ހުށައެޅުން

08 އޯގަސްޓް 2022 (ހޯމަ)

11:00

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު އިމާރާތް) އަދި އއ. ތޮއްޑޫ ކައުންސިލްގެ އިދާރާ (އއ. ތޮއްޑޫ)

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340236 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

16 ޖުލައި 2022
ހޯދާ