ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑުގައި ވަށާފާރު ރާނައި ފެންސުޖެހުމުގެ މަސައްކަތާއި ގުޅޭ

މި ކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް މިރަށު ފުޓްބޯޅަ ދަނޑުގައި ފެންސްޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 21 ޖުލައި 2022 ދުވަހު 13:00 ގައި ބާއްވާ ޕްރީ ބިޑް މީޓިންގައި ބައިވެރިވެލައްވާ 31 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީ ބިޑް މީޓިންގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓަރީވުމަށް އެދި ފޯމް ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ. ފޯމް ފުރިހަމަ ކުރުމަށްފަހު 21 ޖުލައި 2022 ދުވަހުގެ 09:00 ގެ ކުރިން މި ކައުންސިލްގެ މެއިލް  [email protected]  އަށް މެއިލް ކުރަންވާނެއެވެ. ބީލަމުގައި ރަޖިސްޓަރީ ކުރާ ފޯމް މި މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެވެ. އަދި ރަސްމީގަޑީގައި އިދާރާގެ ކައުންޓަރުން ލިބެންހުންނާއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

07 ޖުލައި 2022
ހޯދާ