ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް

މަޤާމު:

 ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް  

މަޤާމުގެ ނަންބަރު:

CSC-J-351227

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CSC4-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން / ކ. މާލެ

މުސާރަ:

މަހަކު -/8740 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް

ކޮމިޝަނަރސް ބިއުރޯގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓްގެ އަދި ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން  ރައްޔިތުންނަށްދޭ ޚިދްމަތްތަކުގެ ފެންވަރުމަތިކޮށް ޒަމާނީ އުސޫލުތަކާއެއްގޮތަށް ދިނުމާގުޅޭގޮތުން ޕަބްލިކް ރިލޭޝަންސް ކެމްޕޭންތައް ފަރުމާކޮށް އެކަންކަން ހިންގައި ބެލެހެއްޓުމާއި މީސްމީޑިއާއަށް ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދޭންޖެހޭ ޚަބަރާއި މަޢުލޫމާތު އަދި ނޫސްބަޔާން ފަދަ ތަކެތި ތައްޔާރުކޮށް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން އާންމުކުރުމާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް އަދި ހުރިހާ ސޯޝަލް މީޑީޔާ އަދި ކޮމިޝަނުގެ ޑިވިޜަނެއް ކަމަށްވާ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ވެބްސައިޓް އަދި ހުރިހާ ސޯޝަލް މީޑީޔާ ކަންކަން ބަލަހައްޓައި، ގަވާއިދުން އަޕްޑޭޓްކުރުން ހިމެނެއެވެ.

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ކޮމިޝަނުގެ ބޭނުންތަކަށް  ޑިޒައިން ކުރަންޖެހޭ ތަކެތި ޑިޒައިންކުރުމާއި، ކޮމިޝަނުން ހިންގާ  އިވެންޓްތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން

2-      ކޮމިޝަނުން ހިންގާ މީޓިންގ، އިވެންޓްތަކާއި އެހެން ހަރަކާތްތަކުގެ ފޮޓޯ ނެގުމާއި، އެފޮޓޯތައް އެޑިޓްކުރުމާއި އިވެންޓްތަކުގެ ވީޑިއޯ ނެގުމާއި އެވީޑިއޯތައް އެޑިޓްކޮށް އެތަކެތި ރައްކާކުރުން.

3-      ކޮމިޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް  ބޭނުންވާ ފޮތް/ ޕޯސްޓަރު/ ލީފްލެޓް/ ވީޑިއޯ ފަދަ މެޑީރިއަލްސް ކޮލިޓީކޮށް ތައްޔާރުކުރުން.

4-      ކޮމިޝަނުން ހިންގާ އެކިއެކި އިވެންޓްތަކަށް އިންވިޓޭޝަން ކާޑާއި/ ބެނަރ ފަދަ ތަކެތި ތައްޔާރުކުރުން.

5-      ފޮޓޯގްރެފި، ވީޑީއޯގްރެފީ  އަދި ކޮމްޕިއުޓަރ އެއިޑެޑް ޑިޒައިން ފަދަ މަޤާމާ ގުޅުންހުރި ހުނަރުތައް ބޭނުންކޮށްގެން ކޮމިޝަނުން އެދޭގޮތަށް ޕްރެޒެންޓޭޝަންތަކާއި ވީޑިއޯ ތައްޔާރުކުރުން.

6-      ކޮމިޝަނަށް ބޭނުންވާ އިންފޯގްރެފިކްސްއާއި، ވީޑިއޯ ސްޕޮޓްތަކުގެ ސްކްރިޕްޓް ތައްޔާރުކޮށް ޑިޒައިނިންގެ ތަޖުރިބާ ބޭނުންކޮށްގެން ތައްޔާރުކުރުން.

7-      ކޮމިޝަނުން  ހަދާ ޕޯސްޓަރު/ލީފްލެޓް/ ބެނަރ/ ވީޑިއޯފަދަ ތަކެތި އާއްމުންނާއި ހިއްސާކުރުމަށް އުފެއްދުންތެރި ޚިޔާލުގެ އަލީގައި ތައްޔާރުކުރުން.

8-      ކޮމިޝަނުން ކުރިއަށްގެންދާ  ޙަރަކާތްތަކަށް  ތައްޔާރުކުރަންޖެހޭ  އޯޑިއޯ އާއި ވީޑިއޯ ކްލިޕްތަކާއި ޕްރެޒެންޓޭޝަންތަކާއި އޯޑިއޯ ރިޕޯޓްތަކާއި، ވީޑިއޯ ރިޕޯޓްތައްފަދަ އެންމެހައިތަކެތި ތައްޔާރުކުރުމާއެކު  އެތަކެތި  އާންމުކުރަންޖެހޭ ހާލަތުތަކުގައި އާންމުކުރުން.

9-      ފޮޓޯގްރެފީ، 2ޑީ އަދި 3ޑީ އެނިމޭޝަންތައް ތައްޔާރުކުރުން.

10-  ކޮމިޝަނުން ރާވާ ނިއުސް ބްރީފިންގ ތަކަށް ދައުވަތު ފޮނުވާ އެ އިވެންޓްތަކުގެ އެންމެހާ ކަންތައްތައް ހަމަޖެއްސުމާއި، މީޑިއާއަށް މައުލޫމަތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ރިޕޯޓްތައް ތައްޔާރުކުރުން.

11-  ސޯޝަލް މީޑިއާ (ފޭސްބުކް، ޓުވިޓަރ، އިންސްޓަރގްރާމް) އަދި ވެބްސައިޓްއަށް ބޭނުންވާ  ވީޑިއޯ، ޕޯސްޓަރ، ބެނަރ ފަދަތަކެތި ތައްޔާރުކުރުން.

12-  ކޮމިޝަނުގައި ބަހައްޓާ ސައިންބޯޑުތަކާއި އެހެނިހެން ސައިންބޯޑުތައް ޑިޒައިންކޮށްތައްޔާރުކުރުން.

13-  ކޮމިޝަނަރސް ބިއުރޯގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓްގެ މެންޑޭޓްގައި ހިމެނޭ މަސައްކަތްތައް އަމަލީގޮތުން ކުރުން.

14-  ކޮމިޝަނަރސް ބިއުރޯގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓްގެ މަސައްކަތާގުޅޭ އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އަދި ސަރވިސް ސްޓޭންޑަރޑްތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކުލަވާލުމާއި، ގަވާއިދުން މި ތަކެތި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަދާހަމަކޮށް ބެހެޓުން.

15-  ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ކޮމިޝަނުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކަނޑައެޅޭ މުވައްޒަފުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާއި އިންތިޒާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ހަމަޖެހިފައިވާ އުސޫލުން ގެނެސް، އެ ކަންކަން ޤާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަވެ، ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ވެބްސައިޓް އަދި ސޯޝަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް މަޢުލޫމާތު ފޯރުވައިދެވޭކަން ކަށަވަރުކުރުން.

16-  ކޮމިޝަނަރސް ބިއުރޯގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓްގެ އެކްޓިވިޓީ ޕްލޭން ކޮންމެ އަހަރަކު އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތްތައް ކުރުން.

17-  ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް އަދި ހުރިހާ ސޯޝަލް މީޑީޔާ އަދި ކޮމިޝަނުގެ ޑިވިޜަނެއް ކަމަށްވާ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ވެބްސައިޓް އަދި ހުރިހާ ސޯޝަލް މީޑީޔާ ކަންކަން ބަލަހައްޓައި، ގަވާއިދުން އަޕްޑޭޓްކުރުން.

18-  ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއިން ރައްޔިތުންނަށްދޭ ޚިދްމަތްތަކުގެ ފެންވަރުމަތިކޮށް ޒަމާނީ އުސޫލުތަކާއެއްގޮތަށް ދިނުމާގުޅޭގޮތުން ޕަބްލިކް ރިލޭޝަންސް ކެމްޕޭންތައް ފަރުމާކޮށް އެކަންކަން ހިންގައި ބެލެހެއްޓުން

19-  މީސްމީޑިއާއަށް ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދޭންޖެހޭ ޚަބަރާއި މަޢުލޫމާތު އަދި ނޫސްބަޔާން ފަދަ ތަކެތި ތައްޔާރުކޮށް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން އާންމުކުރުން.

20-  ކޮމިޝަނުން މީޑިއާއަށް ދިނުމަށް ކަނޑައެޅިފައިވާ މަޢުލޫމާތު ކޮމިޝަންގެ މީޑިއާ އުސޫލާ އެއްގޮތަށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާ އެ މަޢުލޫމާތު މީޑިއާއަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.

21-  ކޮމިޝަނުން ހިންގާ އެކިއެކި ޙަރަކާތްތައް، އެޙަރަކާތެއް ފެށުމުގެ ކުރީންނާ، ޙަރަކާތް ހިނގަމުންދާއިރު މީސްމީޑިއާ މެދުވެރިކޮށް ޢާއްމުންނަށް މަޢުލޫމާތު ޙިއްޞާކުރުން

22-  ކޮމިޝަނުން ހިންގާ އެކިއެކި ޙަރަކާތްތައް މީސްމީޑިޔާއާއި އެހެނިހެން ވަޞީލަތްތަކުގެ ބޭނުންކޮށްގެން ޕްރޮމޯޓުކުރުން

23-  ކޮމިޝަނުން މީޑިއާގައި ޙިއްސާކުރާ މަޢުލޫމާތު އާކައިވްކޮށް ބެލެހެއްޓުމާއި މީޑިއާގެ ވިއުގަ އަޕްޑޭޓްކޮށް ބެލެހެއްޓުން

24-  ކޮމިޝަންގެ ފަރާތުން ޚަބަރު ފަތުރާ އެކި އިދާރާތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމާއި ކޮމިޝަނާބެހޭ މަޢުލޫމާތު ދިނުމަށް މީޑިއާތަކަށް އެރުމުގެ އިންތިޒާމުތައް ހަމަޖައްސާ ކަމާބެހޭ މުވައްޒަފުން އެ ތަންތަނަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން

25-  ސިވިލް ސަރވިސް ކޮމިޝަނުގެ އަދި އިންސްޓިޓިއުޓްގެ ވެބްސައިޓުގައިވާ ކޮންޓެންޓުތައް/މަޢްލޫމާތުތައް ދުވަހުން ދުވަހަށް ބަލައި އިސްލާހުކޮށް، އަދާހަމަކުރަންޖެހޭ މަޢްލޫމާތުތައް ކަމާބެހޭ ސެކްޝަންތަކުން ނުވަތަ މުވައްޒަފުން މެދުވެރިކޮށް ހޯދައި ދުވަހުން ދުވަހަށް މަޢްލޫމާތުތައް އަދާހަމަކުރުން

26-  ކޮމިޝަންގެ މަސައްކަތްކަތާއި، ކޮމިޝަނުން އެކުލަވާލާ އެކި އުސޫލުތަކާއި، ކޮމިޝަންގައި ޢަމަލުކުރެވޭ އެކި އުސޫލުތަކަށް ގެނެވޭ ބަދަލުތަކާއި، ކޮމިޝަނުން ބައިވެރިވާ އެކި ސެމިނާ ވަރކްޝޮޕް ބައްދަލުވުންތަކާއި، ކޮމިޝަންގެ ފަރާތުން އެކި ޤައުމުތަކަށާއި އިދާރާތަކަށް ކުރެވޭ ޒިޔާރަތްތަކާއި، ކޮމިޝަނަށް އެކިފަރާތްތަކުން ކުރާ ޒިޔާރަތްތަކާއި، ކޮމިޝަންގެ މަސައްކަތްތަކާގުޅޭ ތަފާސްހިސާބުތަކާއި، ކޮމިޝަނުން ރާވާ އެކި އިވެންޓްތަކާއި އެ ހުރިހާ ކަންކަމާގުޅޭ ޚަބަރުތައް ކަމާބެހޭ ސެކްޝަންތައް ލައްވާ އުފައްދައި، އެތަކެތި ޗެކުކޮށް ކޮމިޝަންގެ ވެބްސައިޓާއި މީސް މިޑީއާގެ ވަސީލަތްތަކުގައި ޝާއިޢުކޮށް ޢާއްމުކުރުން

27-  ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓާއި އިންސްޓިޓިއުޓްގެ ވެބްސައިޓަކީ ބޭނުންތެރި މަޢުލޫމާތު ހިމެނޭ ވެބްސައިޓަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ގެންނަންޖެހޭ ބަދަލުތައް ކަމާބެހޭ މުވައްޒަފުންނާގުޅިގެން ގެނައުން

28-  ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުމާއި،  ކޮމިޝަނުން އަދި ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ޕަބްލިކް ރިލޭޝަން ނުވަތަ މާކެޓިންގ ނުވަތަ ގްރެފިކްސް ޑިޒައިންގެ  ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން،

ނުވަތަ،

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 3 އަހަރު ދުވަހު މަސައްކަތްކޮށް،    ޕަބްލިކް ރިލޭޝަން ނުވަތަ މާކެޓިންގ ނުވަތަ ގްރެފިކްސް ޑިޒައިންގެ  ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
  3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ  ތަޖުރިބާ (5 އިންސައްތަ)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް،  ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 31 ޖުލައި 2022 އާ 6 އޮގްސްޓް 2022 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307359/3307357 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

07 ޖުލައި 2022
ހޯދާ