މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެންޓީން ހެދުމަށް ބިން ދޫކުރުން

އިޢުލާން

 

ކެންޓީން ހެދުމަށް ބިން ކުއްޔަށް ދޫކުރުމާއިގުޅޭ:

 

21 ޖުލައި 2022 އިން 30 ޖުލައި 2022 އަށް މިރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެސްޑެއްލާ ފުޓްސަލް މުބާރާތް" ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުން ކެންޓީން ހެދުމަށް 10×7 ފޫޓްގެ 03 ބިން ދޫކުރުމަށްވަނީ ނިންމާފައެވެ.

ވީމާ، ކެންޓީން ހެދުމަށް ބޭނުންވާ ފަރާތްތަކުން 18 ޖުލައި 2022 ވަނަ ދުވަހުގެ 12:00 ގެކުރިން މުލީ ކައުންސިލަށް އަގު ބަޔާންކޮށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެމަތީ އަގެއް ހުށަހަޅާ 03ފަރާތަކަށެވެ. އެގޮތުން ބިމުގެ ކުލި ހުށަހެޅޭނެ އެންމެ ކުޑައަގަކީ ދުވާލަކަށް 40 ރުފިޔާއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުލައި 2022
ހޯދާ