ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
2022 - 2023 ގެ ގްރޭޑް 11 ގެ އަލަށްވައްދާ ދަރިވަރުންގެ ޢިޢުލާންއާބެހޭ

                                                                                                                                                       ނަންބަރު:(IUL)CHSE-SMT/1/2022/13                                           

  އިޢުލާން

 

2022 - 2023 ވަނަ ދިރާސީ އަހަރު ސީ.އެޗް.އެސް.އީ ގްރޭޑް 11އަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

1-        1 މެއި 2021 ގެފަހުން ބައިވެރިވެފައިވާ އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވާން ވާނެއެވެ.

 

  • މިގޮތުން ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގް، ކޮމާރސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އަދި މެތަމެޓިކްސްއެވެ.
  • ސައިންސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އަދި މެތަމެޓިކްސްއެވެ.
  • އާރޓްސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ހިސްޓްރީ އާއި ޖޯގްރަފީއެވެ. އާރޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީއާއި ޖޯގްރަފީގެ ތެރެއިން 1 މާއްދާއިންނަމަ، 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖް، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތަމެޓިކްސް، މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެއެވެ.
  • ސައިންސް ސްޓްރީމް ހަދާފައިވާ ދަރިވަރަކަށް، އާރޓްސް ނުވަތަ ކޮމާރސް ސްޓްރީމް އޭލެވެލް ހެދުމުގެ ފުރުސަތު، އެދަރިވަރަކު ހަދާފައިވާ މާއްދާތަކަށް ބަލާފައި ދެވިދާނެއެވެ. އިތުރު މަޢުލޫމާތު އެޕްލިކޭޝަން ފޯމާއެކު ދޫކުރާ އިންފޯމޭޝަން ޝީޓްގައި ލިބެން ހުންނާނެއެވެ.

 

2-        އަޚްލާޤް ރަނގަޅު ކުއްޖެއް ކަމުގައިވުން. ކުދީން ވެއްދުމުގައި ބަލާނީ  ސްކޫލް ލީވިންގ ސެޓްފިކެޓްގައިވާ ދަރިވަރުގެ އަޚްލާގާ ބެހޭ ބައިގައިވާ މަޢުލޫމަތަށާއި، މިސެންޓަރުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހޯދާ އަޚްލާޤީ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށްގެނެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 1 އަށް 18 އަހަރު ފުރިފައިވާ ދަރިވަރެއްކަމުގައި ވެގެންނުވާނެއެވެ.

 3-        ކައިވެންޏެއް ކޮށްފައިވާ މީހެއްކަމުގައި ވެގެންނުވާނެއެވެ.

 4-        މީގެކުރިން މަތީ ޘާނަވީއަށް ކިޔަވައިދޭ ސަރުކާރު ސްކޫލެއް ނުވަތަ ސެންޓަރެއްގައި ގްރޭޑް 11 ނުވަތަ 12 ގައި ކިޔެވުމުގެ ފުރުޞަތު ދެވިފައިވާ ކުއްޖެއް ކަމުގައި ވެގެންނުވާނެއެވެ.

    

   އަދި ދަންނަވަމެވެ. މިސެންޓަރުން މިއަހަރު ޖާގަދެވޭނީ550  ދަރިވަރުންނަށެވެ. މި އަދަދަށްވުރެ އިތުރަށް ޝަރުޠު ފުރިހަމަވާ ކުދިން ވަންނަން އެދި ފޯރމް ހުށަހަޅާފައިވާނަމަ، ކުދިން ނެގުމުގައި އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ކުދިންނަށް އިސްކަން ދެވޭނެއެވެ. މިނަތީޖާ ކަނޑައެޅުމުގައި ބެލެވޭނީ ތިރީގައިމިވާ މިންގަނޑަށެވެ.

 

ގްރޭޑް

A*

a

b

c

ޕޮއިންޓް

15

12

9

7

 

މިގޮތުން، ދިވެހި، އިސްލާމް، އިގިރޭސި، ހިސާބު އަދި އެންމެ މަތިން ފާސްވެފައިވާ އިތުރު 4 މާއްދާ ހިމަނައިގެން ޖުމްލަ 8 މާއްދާއަށް ލިބޭ ސްކޯރއަށް ބަލައިގެންނެވެ.

2022 - 2023 ދިރާސީ އަހަރު، ސީ.އެޗް.އެސް.އީ ގްރޭޑް 11އަށް ކުދިން ވެއްދުމަށް އެދޭ އެޕްލިކޭޝަން ފޯމް މިސެންޓަރުގެ ރިސެޕްޝަންއިންނާއި މިސެންޓަރުގެ ވެބްސައިޓުން (www.chse.edu.mv) ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.

 

 ފޯރމާއެކު ހުށަހަޅަންޖެހޭ ތަކެތި:

ÿ       ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނަތީޖާގެ ކޮޕީ.

ÿ       ސްކޫލް ލީވިންގް ސެޓްފިކެޓްގެ ކޮޕީ.

ÿ       ނޭޝަނަލް އައިޑީ ކާޑުގެ ކޮޕީ.

 

ފޯރމް ބަލައިގަތުން:

­     ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 ން 12.00 އަށް، އަދި މެންދުރުފަހު 1.00 ން 2.30 އަށް ސްކޫލް ސްޓުޑަންޓް ސަރވިސެސް ރޫމުން އެޕްލިކޭޝަން ފޯމް ބަލައިގަނެވޭނެއެވެ.

­     އޮންލައިންކޮށް ފޯރމް ހުށަހަޅަން އެދިލައްވާނަމަ، އެޕްލިކޭޝަން ފޯރމް އަދި މަތީގައިވާ ބަޔާން ކުރެވިފައިވާ ތަކެތި ސްކޭން ކުރެއްވުމަށް ފަހު ޕީޑީއެފް ފޯރމެޓްގައި މި ސެންޓަރގެ މެއިލް [email protected]  އަށް ސުންގަޑީގެ ކުރިން މެއިލްކުރައްވާނީއެވެ.

­      މެއިލްކުރައްވާ ނަމަ މެއިލްގެ ސަބްޖެކްޓްގައި،

 “ADMISSION 2022: (Student’s National ID number)” ޖެއްސެވުމަށްފަހު ފޮނުވުމަށް ދަންނަވަމެވެ.

­      ފޯރމް ފުރުމުގެ ކުރިން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ، ސްކޫލްގައި ބެހެއްޓިފައަވާ މަޢުލޫމާތު ސާފުކުރާ މޭޒުން، ހެނދުނު 9.00 ން 12.00 އަށް، އަދި މެންދުރުފަހު 1.00 ން 2.30 އަށް މަޢުލޫމާތު ސާފުކުރެއްވުމުގެ ފުރުސަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ.

އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 4 ސެޕްޓެމްބަރ ގެ 11.00 ގެ ނިޔަލަށެވެ.

 ރީޗެކް ނަތީޖާ:

ރީޗެކްގެ ކުރިން ޝަރުޠު ފުރިހަމަނުވާ ނަމަވެސް ރީޗެކަށް ފަހު ޝަރުޠު ފުރިހަމަވާނެކަމަށް ލަފާކުރެވޭ ކުއްޖެއްނަމަ 4 ސެޕްޓެމްބަރ 2022 ގެކުރިން މިސެންޓަރަށް ވަނުމަށް އެދޭ ފޯރމާއެކު ރީޗެކަށް ހުށަހަޅާކަން ސިޓީއަކުން އަންގަން ވާނެއެވެ. މިގޮތަށް ވަނުމަށް އެދި ހުށަހަޅައިފައިވާ ކުދީންގެ ރީޗެކް ނަތީޖާ ލިބުމުން ޝަރުޠު ފުރިހަމަވާނަމަ، ރީޗެކްގެ ނަތީޖާ ދޫކުރަންފަށާ ދުވަހުން ފެށިގެން 2 ދުވަހުގެ ތެރޭގައި މިސެންޓަރަށް އެނަތީޖާ ހުށަހަޅަން ވާނެއެވެ.

 ހޮވުނު ދަރިވަރުންގެ ރެޖިސްޓްރޭޝަން އަދި އޮރިއެންޓޭޝަން:

 2022 - 2023 ވަނަ ދިރާސީ އަހަރު ސީ.އެޗް.އެސް.އީ ގްރޭޑް 11އަށް ވަދެވޭ ދަރިވަރުންގެ ލިސްޓް 6 ސެޕްޓެމްބަރ 2022 ގައި މިސެންޓަރުގެ ބޭރު ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. އަލަށް ވަދެވޭކުދިން ގެ ރެޖިސްޓްރޭޝަން ސެޕްޓެމްބަރ 2022 ގެ ސެޕްޓެމްބަރ މަހުގެ 7 އަދި 8 ގައި އޮންނާނެއެވެ. އަދި މިކުދިންގެ އޮރިއެންޓޭޝަން އަދި އެހެނިހެން ޕްރޮގްރާމްތައް 18 ސެޕްޓެމްބަރ ގައި ފެށިގެން ކުރިއަށްދާނެއެވެ.

 

07 ޛުލްޙިއްޖާ 1443

06 ޖުލައި    2022

07 ޖުލައި 2022
ހޯދާ