ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
އެސޯސިއޭޓް ލީގަލް ކައުންސެލް

މިކޯޓުގެ އެސޯސިއޭޓް ލީގަލް ކައުންސެލްގެ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު (IUL)197-A1/1/2022/21 (17 މެއި 2022) އިޢުލާނާގުޅިގެން އެކަށީގެންވާ ޢަދަދަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކުރިމަތިލައްވާފައިނުވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލެވުނުކަމުގައި ވީނަމަވެސް، މި ކޯޓުގެ ނަންބަރު (IUL)197-A1/1/2022/21  (17 މެއި 2022) އިޢުލާނާގުޅިގެން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ވާހަކަވެސް ދެންނެވީމެވެ. 

ވަޒީފާގެ ފުރުޞަތު

(IUL)197-A1/1/2022/31

ތާރީޚް: 07 ޖުލައި 2022

މަޤާމް

އެސޯސިއޭޓް ލީގަލް ކައުންސެލް

ރޭންކް: JS16-2

ޢަދަދު

01 (އެކެއް)

 

މަޤާމުގެ ކްލެސިފިކޭޝަން

އެސޯސިއޭޓް ލީގަލް ކައުންސެލް

 

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އަސާސީ މުސާރަ

-/10922 ރުފިޔާ

މަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: 7099.3ރ (އަސާސީ މުސާރައިގެ %65)
  • ސަރވިސް އެލަވަންސް: -/3,000ރ
  • ލިވިންގ އެލަވަންސް: -/3,000ރ
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

އަސާސީ ޝަރުޠު

  1. ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަދި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތުތައް

  1. ލީގަލް ރިސޯސް ސެކްޝަންގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  2. ޤާނޫނަކާގުޅިގެން ނުވަތަ ސުޕްރީމް ކޯޓުގެ ނިންމުމަކާގުޅިގެން ލީގަލް ރިސޯސް ސެކްޝަނުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
  3. އަލަށް ތަޢާރަފްކުރެވޭ ޤާނޫނުތަކާއި އިޞްލާޙްކުރެވޭ ޤާނޫނުތައް ދެނެގަނެ އެ މަޢުލޫމާތުތައް ފަނޑިޔާރުންނާ ޙިއްޞާކުރުމާއި ޤާނޫނުތަކާއި ޝަރުޢީ އަދި ޟާއީ ކަންތައްތަކާ ގުޅުންހުރި އެކި ދިރާސާ ރިޕޯޓް ތައްޔާރުކޮށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުން.
  4. ކޯޓުގެ ޒިންމާތައް އެންމެ ފުރިހަމަކޮށް އަދާކުރުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ދިރާސާތައް ކުރުން.
  5.  ޖުޑީޝަލް ޕޮލިސީތަކާއި ޢަމަލުކުރާ އުސޫލުތަކާ ގުޅިގެން ކޯޓަށް ބޭނުންވާ ދިރާސާ ރިޕޯޓްތައް ތައްޔާރުކުރުން.
  6.  ކޯޓުގެ އިޖުރާއާތުތަކާއި ޚިދުމަތްތަކާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ދޭންޖެހޭ އިރުޝާދު ދިނުމާއި އިންތިޒާމްތައް ހަމަޖެއްސުން.
  7. ޤާނޫނީ އަދި ޝަރުއީ ދިރާސާތައް ކުރުމަށްޓަކައި ކޯޓަށް ބޭނުންވާ ރިފަރެންސް މެޓީރިއަލްތަކާއި ފޮތްތައް ދެނެގަނެ، އެފަދަ ރިފަރެންސް މެޓީރިއަލްތަކާއި ފޮތްތައް  ހޯދުމުގެ އިންތިޒާމު ހަމަޖެއްސުމާއި އަދި އެ ފޮތްތައް ފެސޭހައިން ބެލެން ހުންނާނެ އިންތިޒާމުތައް ހަމަޖެއްސުން.
  8. ކޯޓުން ޝާއިޢުކުރާ ޤާނޫނީ އަދި ޝަރުޢީ ލިޔުންތަކާއި ރިޕޯޓުތައް، އާއްމުކޮށް ޝާއިޢުކުރުމުގައި ކަމާބެހޭ ސެކްޝަނަށް އިރުޝާދު ދިނުމާއި އެކަން ހިނގާނުހިނގާގޮތް މޮނީޓަރކޮށް ބެލެހެއްޓުން.
  9. ކޯޓުން ހަދަންޖެހޭ ޤަވާޢިދުތައް އެކުލަވާލުމާއި އަދި އިޞްލާޙުކުރަން ޖެހޭ ޤަވާޢިދުތަކާއި ކޯޓުން ޢާންމުކުރަންޖެހޭ އެފަދަ ލިޔެކިޔުންތަކުގެ ޑްރާފްޓް ތައްޔާރުކޮށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުން.
  10. ކޯޓުގެ ބޭނުމަށް އެކުލަވާލެވޭ ކޮމިޓީތަކާއި، ޝަރުޢީ ދާއިރާއާ ގުޅޭ ކަންކަމުގައި އެކުލަވާލެވޭ ސްޓޭކްހޯލްޑަރ ކޮމިޓީތަކުގައި ކޯޓު ތަމްސީލުކުރުން.
  11. ސުޕްރީމް ކޯޓުގެ ފަރާތުން ސޮއިކުރަންޖެހޭ އެއްބަސްވުންތަކަށް ޤާނޫނީ ލަފާ ދިނުމާއި ބިލްތަކަށް ކޮމެންޓު ކުރުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  12. މިނޫނަސް ލީގަލް އެންޑް ކޯޓު ސަރވިސް ޑިވިޜަންގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައެޅޭ މިނޫންވެސް މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

ތަޢުލީމީ ރޮނގު

ޝަރީޢާ / ޤާނޫނު

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނު

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު.
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ.
  5. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  10. ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން. (ވަޒީފާ އަދާކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްގައި ނަމަ ތަޖުރިބާ އަށް މާރކްސް ދެވޭނީ 50 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާނަމައެވެ.)

ސުންގަނޑި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2022 އޮގަސްޓް 07 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމާއެކު ހުށަހަޅާ ލިޔުންތައް ހަމަތޯ ޗެކްކުރުމަކީ އީމެއިލްކުރާ ފަރާތެއްގެ ޒިންމާއެކެވެ. އަދި ފޯމާއެކު ހުށަހަޅާ ލިޔުންތައް ހަމަނުވާނަމަ، އެފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

  • އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް ((PDF ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.

 

އެހެނިހެން ޝަރުތު

1- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

2- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މި ކޯޓުގެ މުވައްޒަފަކަށް ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  1. ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.
  2. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
  3. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތް ކުރަން އެނގޭ ފަރާތަކަށްވުން.
  4. މައިކްރޯސޮފްޓް އޮފީސް ފަދަ ޕްރޮގްރާމްތައް ފަރިތަކަމާއިއެކު ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  5. އިނގިރޭސި ބަހާއި ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ތައްޔާރުކުރުމުގެ ޤާބިލްކަން ހުރިފަރާތަކަށްވުން.
  6. ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

އިތުރު މަޢުލޫމާތު

  • އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
  • މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތައް، މަޤާމުގެ އިންޓަރވިއުއާއެކު އިނގިރޭސި ބަހުން ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅަންޖެހޭ ޕްރެޒެންޓޭޝަނާބެހޭ މަޢުލޫމާތު ޝޯޓްލިސްޓުވާ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3009990
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
  • މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.mv  އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ.

 

 

07 ޖުލައި 2022
ހޯދާ