މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ކިނޮޅަހުން ބަންޑާރަ ގޯތި ދޫކުރުން- 2022

އިޢުލާން

 

"ރ.ކިނޮޅަހުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ"

               

                      މާޅޮސްމަޑުލުއުތުރުބުރީ ކިނޮޅަހު  ކައުންސިލްގެ 2022 ވަނައަހަރުގެ 4 ވަނަ ދައުރުގެ 42 ވަނަ  އާއްމު ބައްދަލުވުމުން ރ.ކިނޮޅަހުގެ ބިމުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 14 ގޯތި އަދި 3000 އަކަފޫޓްގެ 1 ގޯތީގެ ބިން ދޫކުރުމަށް ފާސްކޮށްފައިވާތީ، ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ބަންޑަރަ ގޯއްޗަށް ހުށައެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން 2022 ޖުލައި 17 ވާ އާދިއްތަ ދުވަހުން ފެށިގެން 2022 އޮގަސްޓް 31 ވާ ބުދަ ދުވަހުގެ 12:00 ކުރިން މިއިދާރާއަށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ.

                     ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 12:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.

                     ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. އުސޫލު އަދި ގޯއްޗަށް އެދޭ ފޯމް މި އިޢޫލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ. 

                     08 ޛުލްޙިއްޖާ 1443

                     07 ޖުލައި   2022

07 ޖުލައި 2022
ހޯދާ