އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

ތާރީޚް: 7 ޖުލައި 2022

ނަންބަރު: IUL)486-HR/1/2022/30)

އިޢުލާނު

މި އޮފީހުން ކުރި ނަންބަރ: IUL)486-HR/1/2022/27) އިޢުލާނާއި ގުޅިގެން ހެޑް އޮފް ޓެކްނިކަލް ސަޕޯޓްގެ މަޤާމަށް އެކަށީގެންވާ މިންވަރަށް ތަރުޙީބު ލިބިފައިނުވާތީ، އެމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިއިޢުލާނާއި ގުޅިގެން މިމަޤާމަށް ކުރިން ކުރިމަތިލައްވާފައިވާ ފަރާތްތައް އަލުން އެޕްލިކޭޝަން ހުށަހަޅާކަށް ނުޖެހޭނެއެވެ.

މަޤާމު:

ހެޑް އޮފް ޓެކްނިކަލް ސަޕޯޓް

ކްލެސިފިކޭޝަން އަދި ގްރޭޑް

 -

ރޭންކް

 އޯޓީޖޭ ޕީ14

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

 ޓެކްނިކަލް ސަރވިސް ޑިޕާރޓްމެންޓް

މުސާރަ:

16,000/-ރ (ސޯޅަ ހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

8500/- ރ (އަށްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ޑިޕާރޓްމަންޓުގެ އެންމެހާ ޔުނިޓްތަކުގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.

2-      ޑިޕާރޓްމަންޓް އިން ކުރިޔަށް ގެންދާ ޙަރަކާތްތައް މޮނިޓަރކޮށް، ރިވިއުކޮށް މަސައްކަތް ހަލުވިކުރުމަށާއި ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ދިރާސާތައްކޮށް އޮމްބަޑްސްޕަރސަނުންނަށް ހުށަހަޅައި ބަދަލުގެނައުމާއި، ގެނެވޭ ބަދަލުތަކާއެއްގޮތަށް މަސައްކަތްކުރެވޭކަން ކަށަވަރުކުރުން.

3-      ޔުނިޓްތަކުގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައެޅިފައިވާ ގޮތުގެމަތިން ގެނައުން.

4-      އިންތިޤާލީ އިންސާފުގެ ޤާނޫނު ރިވިއު ކުރުމާއި، އޮފީހުގެ ގަވާއިދުތަކާއި، އުޞޫލުތަކާއި އެސްއޯޕީތައް އެކުލަވާލުމާއި ރިވިއު ކުރުމުގެ މަސައްކަތް ކުރުން.

5-      ޑިޕާރޓްމަންޓްގެ މަސައްކަތްތަކާ ގުޅުންހުރި އޮމްބަޑްސްޕަރސަންގެ ނިންމުންތައް ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

6-      ޑިޕާރޓްމަންޓްގެ ޔުނިޓްތަކުގެ ވާރކް ޕްލޭންތައް ޑިރެކްޓަރ ޖެނެރަލްގެ ލަފާޔާއެކު އެކުލަވާލުން އަދި ތަންފީޒުވާ މިންވަރު ބަލާ މޮނިޓަރކޮށް މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.

7-      އޮފީހުން ބަލާ މައްސަލަތަކުގެ ރެކޯޑްތައް ކޭސް މެނޭޖްމަންޓު ޔުނިޓުން ކުރިއަށް ގެންދާގޮތުގެ ޕްލާން އެކުލަވާލައި، އުސޫލުތަކާއި އެއްގޮތަށް އެ މަސައްކަތްކުރާކަން ކަށަވަރުކުރުން.

8-      އޮފީހުން ބަލާ މައްސަލަތަކުގެ ތަޙްޤީޤު މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލާ، ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރުން.

9-      އޮފީހުން ބަލާ މައްސަލަތަކުގެ އިންވެސްޓިގޭޝަން ނިމޭ މައްސަލަތަކުގެ މީޑިއޭޝަން މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލާ، ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރުން.

10- އޮފީހަށް ހުށަހަޅާ މައްސަލަތަކުގައި ވިކްޓިމް ސަޕޯޓް ދޭންޖެހޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލާ، ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރުން.

11- އޮފީހުން ބަލާ މައްސަލަތަކުގެ އެކި މަރުޙަލާތަކުގައި ޤާނޫނީ ލަފާ ދިނުމާއި، އޮމްބަޑްސްޕަރސަނުންނާއި، ޑިރެކްޓަރ ޖެނެރަލް ނުވަތަ ޑިޕާރޓްމަންޓުތަކަށް ޤާނޫނީ ލަފާ ދޭންޖެހޭ ކަންކަމުގައި ޤާނޫނީ ލަފާދިނުގެ ކަންކަން އިންތިޒާމްކޮށް، ކަނޑައެޅޭ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ކުރެވޭކަން ކަށަވަރުކުރުން.

12- އޮފީހުގެ ފަރާތުން  އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވަން ޖެހޭ މައްސަލަތަކުގައާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުވުމާއި، ޝަރީއަތަށް ހާޟިރުވާންޖެހިއްޖެ ހާލަތެއްގައި އޮފީސް ތަމްސީލް ކުރުން.

13- އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވަން ޖެހޭ މައްސަލަތަކުގައާއި ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކާގުޅޭ އެންމެހާ ކަންތައްތައް ކުރުވުން.

14- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން އެކި ފަރާތްތަކާއެކު ހަދާ އެއްބަސްވުންތަކާއި އެމްއޯޔޫ އެކުލަވާލުމުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކުރުން.

15- އޮފީހުން ކުރިއަށް ގެންދާ މައްސަލަތަކުގެ ދިރާސާތަކުގައި ޑިޕާރޓްމަންޓުން ކުރަންޖެހޭ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން.

16- އޮފީހުން ކުރިއަށް ގެންދާ މައްސަލަތަކާގުޅޭ ޕަބްލިކް ހިޔަރިންގެ ކަންކަމުގައި ޑިޕާރޓްމަންޓުން ނުވަތަ ކަމާގުޅޭ ޓީމްތަކުން ކުރަންޖެހޭ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން.

17- އެނުއަލް ވަރކްޕްލޭންއާ އެއްގޮތްވާގޮތުގެ މަތިން ޑިޕާރޓްމަންޓްގެ އެކްޓިވިޓީ ޕްލޭން ތައްޔާރުކޮށް، މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، ހަރަކާތްތަކުގެ ޓައިމްލައިން ކަނޑައަޅާ އެޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން.

18- ޑިޕާރޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުން.

19- ކުރިޔަށް އޮންނަ އަހަރަށް ޑިޕާރޓްމަންޓްގެ އެނުއަލް ވަރކްޕްލޭން އެކުލަވާލުން.

20- ޑިޕާރޓްމަންޓް މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޑިޕާރޓްމަންޓް މީޓިންގ ބޭއްވުމާއި، ޔުނިޓްތަކާއެކު ވަކިވަކިން މީޓިންގ ބޭއްވުން.

21- ޑިޕާރޓްމަންޓުގެ މުވައްޒަފުންގެ ޕާރފޯމެންސް އެޕްރައިޒަލް ކަނޑައެޅިފައިވާ ގޮތުގެމަތިން ފުރިހަމަކޮށް ބެލެހެއްޓުން.

22- އޮފީހުން ތައްޔާރުކުރާ ކުއާޓަލީ ރިޕޯޓްތަކާއި، އަހަރީ ރިޕޯޓާއި އެނޫންވެސް ދައުލަތުގެ އިދާރާތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވުމުގައި ޑިޕާރޓްމަންޓުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ފޯރުކޮށްދިނުމުގެކަންކަން އިންތިޒާމުކޮށް ކަށަވަރުކުރުން.

23- އޮފީހުގެ ދުވަހުގެ ޔައުމިއްޔާއަށް ޑިޕާރޓްމަންޓުން ބޭނުންވާ މަޢުލޫމާތު ގަވާއިދުން ފޯރުކޮށްދޭކަން ކަށަވަރުކުރުން.

24- ޑިޕާޓްމަންޓަށް އަންނަ ސިޓީތަކަށް މުވައްޒަފުން މެދުވެރިކޮށް ޖަވާބު ދިނުމާއި ރެކޯޑް ބެލެހެއްޓުމުގެ މަސައްކަތް އިންތިޒާމްކޮށް ގަވާއިދުން ސިޓީތަކަށް ޖަވާބު ދެވޭކަން ކަށަވަރުކުރުން.

25- ޑިޕާރޓްމަންޓުގެ މަސައްކަތްތަކާއި، އޮފީހުން ބަލާ މައްސަލަތަކާ ގުޅޭގޮތުން އޮމްބަޑްސްޕަރސަނުންނާއި ޑިރެކްޓަރ ޖެނެރަލްއަށް ދޭންޖެހޭ މަޢުލޫމާތު ކަނޑައެޅިފައިވާ އުޞޫލާއެއްގޮތަށް ފޯރުކޮށްދިނުން.

26- އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކާއި، ސީނިއަރ މެނޭޖްމަންޓް ބައްދަލުވުންތަކުގައި ބައިވެރިވުން.

27- އަދި މިނޫންވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަސައްކަތާއި ގުޅޭ ދާއިރާ: ލީގަލް، އިންވެސްޓިގޭޝަން، ޕްރޮސެކިއުޝަން

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3.  ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.
  8. އަމިއްލަގޮތުން ލޯޔަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާނަމަ އެކަން އެނގޭނެ ލިޔުން.

ސުންގަޑި:

  21 ޖުލައި 2022 ގެ 14:00

އެހެނިހެން:

  1. މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 10 ފަރާތެވެ.
  2. މަތީގައިވާ މަޤާމުތަކުގެ ޕްރެޒެންޓޭޝަންއާއި އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް މަޤްބޫލު ސަބަބެއް ނެތި ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ފުރުޞަތު ނުދެވޭނެ އެވެ.
  3. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  4. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަން އެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  5. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  6. އެޕްލިކޭޝަން ފޯމު  މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3039900 ނުވަތަ 7223473 އަށެވެ.

އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                                   8 ޛުލްޙިއްޖާ 1443

07 ޖުލައި 2022
ހޯދާ