ދިވެހިރާއްޖެ
މިރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް (ރަށުގެ އުތުރާއި، ދެކުނު ވަކިން) ކުނިކަހާ ނޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ އަންހެންބޭފުޅުން 18 ޖުލައި 2022 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލްވުމެއް މިއިދާރާގައި ފަހުގެ ތާރީޙެއްގައި ބޭއްވޭނެއެވެ.
ފޯމު ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރުފަހު 14:00އަށް މިކައުންސިލް އިދާރާއިންނެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
06 ޛުލްޙިއްޖާ 1443
05 ޖުލައި 2022