ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ހޯދުމާއި ގުޅޭ:

ބިދޭސީންގެ މަޢުލޫމާތު ދަފްތަރުގައި ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކާ ހަވާލުވާ ފަރާތް ނުވަތަ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އެހެންނަމަވެސް ގިނަ ފަރާތްތަކުން ގެންނަ ބިދޭސީންގެ މަޢުލޫމާތު ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް މިކައުންސިލާއި ޙިއްސާނުކުރާކަން ފާހަޤަކުރެވެއެވެ.

 

                     ވީމާ ހއ.ބާރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް 06 ޖުލައި 2022 ވާ ބުދަ ދުވަހުން ފެށިގެން ބާރަށު ކައުންސިލާއި، ބާރަށު ޕޮލިސްސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި މަސައްކަތަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެއްބާރުލުން ދެއްވުން އެދި ދެންނެވީމެވެ.

                     އަދި އެއްވެސް ފަރާތަކުން ބިދޭސީއަކު ރަށަށް ގެންނަނަމަ އަދި ރަށުން ފުރުވާލާނަމަ އެ މަޢުލޫމާތު ލަސްނުކުރައްވާ ކައުންސިލާއި ޙިއްސާކުރެއްވުމަށް ޙާއްސަ ސަމާލުކަމެއްދެއްވުމަށް ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

 

 

                      06 ޛުލްޙިއްޖާ 1443

                       05  ޖުލައި  2022                   

05 ޖުލައި 2022
ހޯދާ