މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޯޑިނޭޓަރ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ފޯރ ވޯޓަރ ސަޕްލައި ފެސިލިޓީސް އިން 04 އައިލެންޑްސް އެންޑް ސިވޭޖް ފެސިލިޓީސް އިން 05 އައިލެންޑްސް ، ދިވެހިރާއްޖެ-  ޕްރޮޖެކްޓް ކޯޑިނޭޓަރ ( ފުލް ޓައިމް ) ހޯދުމާބެހޭ

އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގައި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) ގެ ފަރާތުން ބ. ތުޅާދޫ، ނ. ވެލިދޫ، ރ. ހުޅުދުއްފާރު އަދި ގއ. ކޮލަމާފުށިގައި ފެނުގެ ނިޒާމާއި ބ. ތުޅާދޫ، ނ. ވެލިދޫ، ރ. ހުޅުދުއްފާރު، ގއ. ކޮލަމާފުށި އަދި ގދ. ގައްދޫގައި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި މަޝްރޫޢަށް ޕްރޮޖެކްޓް ކޯޑިނޭޓަރެއް އައްޔަން ކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

މިގޮތުން އައްޔަން ކުރެވޭ ޕްރޮޖެކްޓް ކޯޑިނޭޓަރ ( ފުލް ޓައިމް ) އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ރާވައި ހިންގައި އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ ބަލައި މަޝްރޫޢާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޓެކްނިކަލް އަދި ފައިނޭންޝިއަލް ރިޕޯޓްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމެވެ.

ވީމާ، މި މަޤާމަށް ސިވިލް ސާރވިސްގެ ތެރެއިން ޝައުޤުވެރިވާ އިންޑިވިޖުއަލް ކެންޑިޑޭޓުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު )
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 2014 އޮކްޓޫބަރު 13 ވާ ހޯމަ ދުވަހުގެ 11:00 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

ފޯން: 3004 300 960+  ފެކްސް: 3001 300 960+

އީމެއިލް އެޑްރެސް: [email protected]

29 ސެޕްޓެންބަރު 2014
ހޯދާ