ދިވެހިރާއްޖެ
މި މަދަރުސާއަށް ކޮމްޕިއުޓަރ ޓެކްނީޝަނަކު ހޯދުމަށް އެދި ކުރި ނަންބަރު 14/GS36/2014 އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
މަސައްކަތް ހަމަޖެހިފައިވާ ތަން: ކ.އަތޮޅު މަދަރުސާ
ބޭނުންވާ އަދަދު: 1
ރަށް: ކ.ކާށިދޫ
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލެވަންސް |
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން |
GS3 |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛
- ސެޓުފިކެޓު 3 ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ - ސެޓުފިކެޓު 2 ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
|
-/4465 |
-/1500 |
އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: 2- ކޮމްޕިއުޓަރުތަކަށް ބޭނުންވާ އެޕްލިކޭޝަންތައް ހޯދައި ޑައުންލޯޑުކޮށް އިންސްޓޯލް ކުރުން. 3- ކޮމްޕިއުޓަރ ނެޓްވާރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ނެޓްވާރކް ބެލެހެއްޓުން. 4- ހުރިހާ ކޮމްޕިއުޓަރުތަކެއް ހުންނަނީ ރަނގަޅު ކަންޑިޝަންގައިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން. 5- ކޮމްޕިއުޓަރަކަށް މައްސަލަ ޖެހިއްޖެނަމަ އެކަން، އަދި ކޮމްޕިއުޓަރުތަކުގެ ޢާންމު ޙާލަތު ވަގުތުން ވަގުތަށް މުވައްޒަފުންނަށް އެންގޭނެ އިންތިޒާމު ހަމަޖައްސައި، އެކަން ކުރުން. 6- ކޮމްޕިއުޓަރުގެ ޙާލަތާއި ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަމާއި މިނޫނަސް މުހިންމު ކަންކަމުގައި މުވައްޒަފުންނަށް ލިބެންޖެހޭ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުން. 7- މުދައްރިސުންނަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ ލިޔެކިޔުންތައް ޕްރިންޓްކޮށްދިނުން. 8- ސްކޫލުގެ ފަރާތުން ފޮނުވަންޖެހޭ ކޯޕަރޭޓް އެސް.އެމް.އެސް. ތައް ޕްރިންސިޕަލްގެ ބެލުމުގެ ދަށުން ފޮނުވުމުގެ މަސައްކަތް. 9- އޮފީހުގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބެލެހެއްޓުމާއި މުވައްޒަފުންނަށް މި ޚިދުމަތް ފޯރުވައިދިނުމުގެ މަސައްކަތް. 10- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގެ ސައުންޑް ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތް. |
|||||
އެހެނިހެން: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: - މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ. |
|||||
އިންޓަރވިއު އަދި އިމްތިޙާން ކުރުމާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚު: * މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ އިޢުލާނަށް މުއަދަތު ހަމަވާތާ 1 ހަފްތާގެ ތެރޭގައި ކ.އަތޮޅު މަދަރުސާގައެވެ. * އަދި މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. |
|||||
ހުށަހަޅަންޖެހޭ ލިޔުންތައް * ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިމަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ. * އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ * ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން. * ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް * ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް. * ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު) ތަކެތި ހުށަހަޅަންޖެހޭ އޮފީސް މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިމަދަރުސާގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 އޮކްޓޫބަރު 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިންނެވެ. ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިމަދަރުސާގެ ނަންބަރު: 6640036 އާ ގުޅުއްވުން އެދެމެވެ. |