ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

މިޔުނިވަރސިޓީގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްއިން ހިންގާ ފައުންޑޭޝަން ކޯސްތަކަށް، ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއިންގެ ޕޫލެއް އުފައްދަން މި ސެންޓަރުން ބޭނުންވެއެވެ. މި ޕޫލުގެ މުއްދަތަކީ 1 ޓާމެވެ. އެއީ އޯގަސްޓް 2022 އިން ޑިސެންބަރ 2022 ގެ ނިޔަލަށެވެ.

 

މަޤާމް:

ޕާރޓް-ޓައިމް ލެކްޗަރަރ

(އިންގްލިޝް ލެންގުއޭޖް، ދިވެހި، މެތެމެޓިކްސް، ބައޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އިކޮނޮމިކްސް، އެކައުންޓިންގ، ބިޒްނަސް ސްޓަޑީޒް، ކޮމްޕިޔުޓިންގ އަދި ސޯޝިއަލް ސައިންސް)

ބޭނުންވާ އަދަދު:

ކޮންމެ މާއްދާ އަކަށް 2-4

އުޖޫރަ:

- ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ     

- މާރކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނުކަރުދާހަކަށް -/35 ރުފިޔާ

މަސައްކަތް ކުރާނެ ތަން:

ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މާލެ،ހިތަދޫ ކެމްޕަސް، ކުޅުދުއްފުށި ކެމްޕަސް، ތިނަދޫ ކެމްޕަސް، ގަން ކެމްޕަސް

މަޤާމުގެ ޝަރުތު:

ކިޔަވައި ދެއްވާ މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ވޭތުވެދިޔަ އަހަރު ތަކުގައި މި ސެންޓަރުގައި ކިޔަވާދެއްވާފައިވާ ފަރާތްތަކަށާއި، އަދި ސެންޓަރުން ބޭނުންވާ ގަޑިތަކުގައި ކުލާސްތައް ނަގައިދެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތުތަށް:

- ކޯޑިނޭޓަރގެ އިރުޝާދުގެ ދަށުން ކިޔަވައި ދިނުމާއި، ކިޔަވައި ދިނުމަށް ބޭނުންވާ ޕްރެޒެންޓޭޝަން، ޓިއުޓޯރިއަލްސް، އެސެސްމަންޓްތަށް އަދި އިމްތިޙާން ކަރުދާސް ތައްޔާރުކުން.

- އެސައިންމަންޓް އަދި އިމްތިޙާން ކަރުދާސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މާރކުރުމާއި އަދި ދަރިވަރުންގެ ފައިނަލް މާރކް ޝީޓް ހެދުމަށްފަހު ކޯޑިނޭޓަރާ ހަވާލުކުރުން.

އެޕްލިކޭޝަން ތާރީޙް:

31 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މި ސެންޓަރަށް ނުވަތަ މިސެންޓަރުގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރެއްވުންއެދެމެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ޕާރޓް-ޓައިމް ލެކްޗަރަރއިންގެ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

މަޤާމަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (އެޓެސްޓް ތައްގނޑު ޖެހިފައިވާ) ހުށަހަޅަން ޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު:

- ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަރޑީޒްގައި ވޭތުވެދިޔަ އަހަރު ތަކުގައި ކިޔަވާދެއްވި ލެކްޗަރާއިން، ކިޔަވާދިނުން ކުރިއަށް ގެންދަވަން ބޭނުންފުޅުނަމަ އަލުން ފޯމް ހުށަހެޅުމަށް ދަންނަވަމެވެ.

- ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.

- މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345400/3345402 ނަންބަރު ފޯނަށެވެ.

 

05 ޛުލްޙިއްޖާ 1443

05 ޖުލައި 2022
ހޯދާ