ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

އީ.އެކްސް 1

މަޤާމު:

ރޭންކް:

ޑިރެކްޓަރ

ކްލެސިފިކޭޝަން

އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ

-

އޮފީސް / އިދާރާ

ސެކްޝަން

އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ/ އއ. ފެރިދޫ

8,835.00 ރުފިޔާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުސާރަ:

2,000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހާ ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. އިދާރާގެ އެންމެހާ އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވުމާއި އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  3. ކައުންސިލްގެ ޖަލްސާތައް އިންތިޒާމް ކުރުމާއި ކައުންސިލުން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ކަންތައްތައް، ޢާއްމުކޮށް ހާމަކުރުމާއި ކައުންސިލްގެ އިރުޝާދާއި މަޝްވަރާގެ މަތިން ކުރުން.
  4. ސިވިލް ސަރވިސްގެ ގަވާއިދުގެ ދަށުން އަދި ސިވިލް ސަރވިސް ކޮމިޝަނުގެ އިރުޝާދުތަކާއި އެއްގޮތަށް ކައުންސިލްގެ އިދާރާގައި މަސައްކަތް ކުރާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކި ކުރުމާއި ވަޒީފާ އަދާކުރާތަން ބަދަލުކުރުމާއި މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި ޢިނާޔަތާ ބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖައްސައި ހިންގުން.
  5. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދު ހިންގުމުގައި ކައުންސިލަށް އެހީތެރިވެ އެޤާނޫނު ހިންގުމުގައި ހަވާލުކުރާ މަސްއޫލިއްޔަތުތަކުގައި ޒިންމާވުން.
  6. އިދާރާއިން ބަލަހައްޓަން ޖެހޭ މަޢުލޫމާތުތަކާއި ތަފާސްހިސާބު ބެލެހެއްޓުމުގެ ކަންތައްތައް އިންތިޒާމް ކުރުމާއި ކައުންސިލްގެ ބައްދަލުވުންތަކަށް ބޭނުންވާ ދިރާސާތަކާއި ރިޕޯޓުތައް ތައްޔާރު ކުރުމާއި ކައުންސިލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރު ކުރަންޖެހޭ ލިޔުންތައް ތައްޔާރު ކުރުން.
  7. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އުފައްދާފައިވާ ހިއުމަންރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ކަންތައްތައް ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު
  • އިމްތިޙާނު

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2014 އޮކްޓޫބަރު 26 އާ 2014 ނޮވެންބަރު 6 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2014 އޮކްޓޫބަރު 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް  ބަލައި ގަނެވޭނެ އެވެ. (އީމެއިލް: [email protected]  / ފެކްސް ނަންބަރު: 3303648 )

އުޖޫރައާއި އިނާޔަތްތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތް ކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

 

 

 

 

 

 

 

 

 

 

 

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

5 ޛުލްޙިއްޖާ 1435

29 ސެޕްޓެންބަރު 2014
ހޯދާ