ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް މަރާމާތުކޮށް ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓް ހިމެނޭ 25 އެއްމެދު ޢިމާރާތުގެ ޢާއްމުބައިތަކާއި ވަޞީލަތްތައް މަރާމާތުކޮށް ފޮޅާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 20 ޖުލައި 2022 ގެ 11:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  20 ޖުލައި 2022 ވާ ބުދަ ދުވަހުގެ 11:00 ގައި ކައުންސިލްގެ މީޓިންގް ރޫމްގައެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 ޖުލައި 2022 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 20 ޖުލައި 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 24 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862829

  އީމެއިލް: [email protected]

04 ޖުލައި 2022
ހޯދާ