ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. މާބައިދޫ ހުކުރު މިސްކިތުގެ ވަށައިގެން ހަދާފައިވާ ސިޑިތައް މަރާމަތުކުރުމާއި ގުޅޭ

އިޢުލާން

ލ. މާބައިދޫ ހުކުރު މިސްކިތުގެ ވަށައިގެން ހަދަފައިވާ ސިޑިތައް މަރަމާތުކުރުމާއި ގުޅޭ

ލ. މާބައިދޫ ހުކުރު މިސްކިތް (މަސްޖިދުލް ޣުފްރާން)ގެ ވަށައިގެން ހަދާފައިވާ ސިޑިތައް އަމިއްލަ ތަކެތީގައި މަރާމަތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށްފަހު ބީލަން ހުށަހެޅުވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލްގެ ޒަރިއްޔާއިން ފޮނުވައިދެވޭނެއެވެ.

ބީލަން ރަޖިސްޓްރީކުރުން

2022 ޖުލައި 04 ވަނަ ދުވަހުން ފެށިގެން 2022 ޖުލައި 07 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް [email protected] އަށް މެއިލްކުރެއްވުން އެދެން.

ބީލަން ހުށަހެޅުން

2022 ޖުލައި 19 ވަނަ ދުވަހުގެ 13:00 ގައި ހައްދުންމަތީ މާބައިދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި.

މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެލައްވާނަމަ މިއިދާރާގެ ނަންބަރު 6800884 ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ބީލަމާއި، ގަޑިޖެހިގެން ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

05 ޛުލްޙިއްޖާ 1443

04 ޖުލައި 2022

04 ޖުލައި 2022
ހޯދާ