ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓްގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހާފޮޅާ ސާފުކޮށްދޭނޭފަރާތެއް ހޯދުމަށް

ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހާފޮޅާ ސާފުކޮށްދޭނޭފަރާތެއް ހޯދުމާބެހޭ:

މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާ އެއްގޮތަށް މި ކޯޓުގެ ޢިމާރާތާއި ގޯތީތެރެ ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މައްލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން މިދަންނަވާ ގަޑިތަކުގައި މި ކޯޓުގައި އޮންނާނެއެވެ.

  • މައްލޫމާތު ސާފުކޮށްދިނުން:    7 ޖުލައި 2022 ވާ     ބުރާސްފަތި ދުވަހުގެ 11:00
  • އަންދާސީ ހިސާބު ހުށަހެޅުން:  17 ޖުލައި 2022 ވާ    އާދީއްތަ ދުވަހުގެ   11:00

މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަދެންނެވީމެވެ.

      5 ޛުލްޙިއްޖާ 1443

      4 ޖުލައި   2022

04 ޖުލައި 2022
ހޯދާ