ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އަޟްޙާ ޢީދާއި މިނިވަންދުވަހާއި ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި ރެކޯޑު ސާފުކުރުމާ ބެހޭ

ޝަރުޢީދާއިރާއިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް މިހާރު ހަމަޖެހިފައިވާ ގޮތުން ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅާތާ 3 ދުވަހުގެ ތެރޭގައި ރެކޯޑު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވީނަމަވެސް، އަންނަ އަޟްޙާ ޢީދާއި، މިނިވަން ދުވަހާ ގުޅިގެން ވަރަށް ގިނަދުވަސްތައް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ، އެދުވަސްތަކުގައި ރެކޯޑު ސާފުކުރުމުގެ މަސައްކަތް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.

1 – 05 ޖުލައި 2022 ގެފަހުން މި ޑިޕާޓްމަންޓަށް ރެކޯޑުސާފުކުރުމަށް ހުށަހަޅާ ފޯމުތަކުގެ ރެކޯޑު ސާފުކޮށްދެވޭނީ އަޟްޙާ ޢީދާގުޅިގެން އަންނަ ބަންދު ދުވަސްތައް ނިމި ސަރުކާރުގެ އޮފީސްތައް ހުޅުވުމުން.

2 – 21 ޖުލައި 2022 ގެފަހުން މި ޑިޕާޓްމަންޓަށް ރެކޯޑްސާފުކުރުމަށް ހުށަހަޅާ ފޯމުތަކުގެ ރެކޯޑް ސާފުކޮށްދެވޭނީ މިނިވަންދުވަހާ ގުޅިގެން އަންނަ ބަންދު ދުވަސްތައް ނިމި ސަރުކާރުގެ އޮފީސްތައް ހުޅުވުމުން.

ވީމާ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

05 ޛުލްޙިއްޖާ  1443

04 ޖުލައި 2022
ހޯދާ