ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން 'އަރބަން ފާމިންގ" އަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން 'އަރބަން ފާމިންގ" އަށް ބިން ކުއްޔަށްދިނުން

                     ގދ.ގައްދޫގައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އާރބަން ފާމިންގެ ދާއިރާގެ ތެރޭގައި ހިމެނޭ ހުރިހާ ބާވަތެއްގެ ދަނޑުވެރިކަން ކުރުމަށްޓަކައި 25 (ފަންސަވީސް)  އަހަރުގެ މުއްދަތަށް ބިން ކުއްޔަށް ދިނުމަށް ކައުންސިލުން ބޭނުންވެއެވެ.

ވީމާ، ގދ.ގައްދޫގައި އާރބަން ފާމިންގ ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

03 ޖުލައި 2022
ހޯދާ