ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ވަގުތީ ލިސްޓް ޢާންމުކުރުން

އިޢުލާން

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ވަގުތީ ލިސްޓް ޢާންމުކުރުން

 

               މިއިދާރާގެ ނަންބަރު 373-MS/INDIV/2022/04 ( 07 ފެބްރުވަރީ 2022 ) އިޢުލާނާއި ގުޅިގެން ދަރަނބޫދޫ ބަންޑާރަ ބިމުން ދިރިއުޅުމަށްޓަކައި ގޯތި ހޯދުމަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓް 2022 ޖޫން 30 ވަނަ ދުވަހުން ފެށިގެން ޢާންމުކުރަމެވެ.

              ވަގުތީ ލިސްޓަށް ސަކުވާއެއް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 2022 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން އެކަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް ސަކުވާ ހުށަހަޅުއްވަން ބޭނުން ފަރާތްތަކުން މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާ ސަކުވާތައް މިއިދާރާއަށް ލިބުނުކަން ކަށަވަރު ކުރުމަކީ އެސަކުވާއެއް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

               އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6740015 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޛުލްޙިއްޖާ 1443

30   ޖޫން  2022

30 ޖޫން 2022
ހޯދާ