އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު: ASND/PRC/IUL/2022/0040 


މި ކުންފުނީގެ ބޭނުމަށް ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން 20 ޖޫން 2022 ގައި ކުރި އިޢުލާން ނަންބަރު ASND/PRC/IUL/2022/038 އަށް އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

މި މަސައްކަތަށް ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 04 ޖުލައި 2022 އިން 17 ޖުލައި 2022  ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 15:30 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވިރިކޮށް ފޮނުވޭނެއެވެ. އިޢްލާން ނަންބަރު ASND/PRC/IUL/2022/038 އާ ގުޅިގެން ބިޑް ގަނެފައިވާ ފަރާތްތަކުން އަލުން ބިޑް ގަންނާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަރާތްތަކުން މިބީލަމަށް ކުރިމަތިލާން ބޭނުންވާނަމަ 17 ޖުލައި 2022 ގެ 15:30 ގެ ކުރިން [email protected] އަށް އީމެއިލްމެދުވެރިކޮށް ރެޖިސްޓަރ ކުރަންވާނެއެވެ.

 

ބިޑު ހުށަހަޅާ ފަރާތްތަކުން ދެ މަސައްކަތަށް ވަކިން އަގު ހުށަހެޅޭނެއެވެ. ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކުރުމަށް އަގު ހުށަހަޅާ ފަރާތްތަކުން، މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/21000ރ. (އެކާވީސްހާސް ރުފިޔާ) ބިޑާއެކު ހުށަހަޅަންވާނެއެވެ. 

 

21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ. 

 

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.  

03 ޖުލައި 2022

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011483      

03 ޖުލައި 2022
ހޯދާ