މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް މަރާމާތު ކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެ

ޕްރީސްކޫލް މަރާމާތު ކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެ

ބ.މާޅޮހު ޕްރީސްކޫލް މަރާމާތު ކޮންދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިއިޢުލާނާއެކު މިއިދާރާއިން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީކުރުން

އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންވެލައްވާ ފަރާތްތަކުން މި އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރީ ކުރެއްވުމަށް މި އިދާރާ އަށް ވަޑައިގެން، މި އިދާރާގެ ނަންބަރު 6600056 ގުޅުއްވައިގެން ނުވަތަ މި އިދާރާގެ މެއިލް އެޑްރެސް [email protected] އީމެއިލްއަށް ބިޑުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުގެ ތަފްސީލު (ނަމާއި އެޑްރެސް/ ފޯން ނަންބަރު / އީމެއިލް އެޑްރެސް /  އައިޑީ ކާޑު ނަންބަރު، ވިޔަފާރި / ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ) އިޢުލާން ނަންބަރާއި އެކު މެއިލްކުރެއްވުން އެދެމެވެ.

ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން، 2022  ޖުލައި 07 ވާ އަންގާރަ ދުވަހުގެ 10:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ، 2022 ޖުލައި 18 ވާ ހޯމަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑް ހުށަހަޅަންވާނެއެވެ.

މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދޭނެ އުސޫލު

-          ހުށަހަޅާ އަގު: %80

-          ހުށަހަޅާ މުއްދަތު: %20  

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު  6600056 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް: [email protected] އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

03 ޖުލައި 2022
ހޯދާ