އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަގާމު

އޮފީސް އެސިސްޓަންޓް

މަގާމުގެ ގިންތި

ކޮންޓްރެކްޓް

ބޭނުންވާ ޢަދަދު

2 (ދޭއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މުސާރަ

4500.00

ސަރވިސް އެލަވަންސް

1500.00

އެހެނިހެން އެލަވަންސް

  • ސަޕޯޓިންގ އެލަވަންސް  މަހަކު -/650 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ވަޒީފާ އާއި ބެހޭ ގާނޫނާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ފޯނު ކޯލްތަކަށް ޖަވާބުދާރީވުމާއި އެސޯސިއޭޝަނަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފުރިހަމަ ޚިދުމަތް އެފަރާތްތަކަށް ފޯރުކޮށްދިނުން.
  2. އެސޯސިއޭޝަނަށް ލިބޭ އެންމެހާ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ގަވާއިދުން އެންޓްރީކުރުމާއިއެކު ޖެނެރަލް ސެކްރެޓަރީގެ ލަފާގެމަތިން ރައްދުވާ ފަރާތްތަކަށް ރައްދުކުރުމާއި އިދާރީ ގޮތުން ޖަވާބުދޭންޖެހޭ ލިޔުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުމާއިއެކު ފައިލްކުރުން
  3. އެސޯސިއޭޝަނުން ހަމަޖައްސާ ޑިއުޓީ ތާވަލާ އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުން އަދި އެ ރެކޯޑު ދުވަހުން ދުވަހަށް ބަލާ ޗެކްކުރުން
  4. އެސޯސިއޭޝަންގެ ދުވަހުގެ ޔައުމިއްޔާއާއި އެކްސްކޯ ބައްދަލުވުންތަކުގެ ޔައުމިއްޔާ އާއި އެހެނިހެން ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ތައްޔާރުކޮށް ފައިލްކުރުން.
  5. އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދާ އެތަކެތީގެ ސްޓޮކް ބެލެހެއްޓުން.
  6. މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި ކޮންމެ މީލާދީ މަހެއްގެ 18 ވަނަ ދުވަހު މުސާރަ ޝީޓް ތައްޔާރުކުރުން.
  7. ދާއިމީ އަދި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. އެތުލީޓުންނަށް އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހާ އެންގުންތަކާއި، ސްލިޕްތައް އަދި ދަޢުވަތު ކާޑުތައް ތައްޔާރުކޮށް، އެފަރާތްތަކަށް ފޮނުވުން.
  9. އެތުލީޓުން ބޭނުންވާ ރިކޯޑް ސެޓްފިކެޓްތައް ތައްޔާރުކޮށް ދޫކުރުމާއި، ރިފަރެންސް ލެޓަރ ތައްޔާރުކޮށް ދޫކުރުން
  10. އެސޯސިއޭޝަނުން ތައްޔާރުކުރާ ރިޕޯޓުތަކަށް ބޭނުންވާ އިދާރީ ކަންކަމާ ގުޅޭ އެންމެހާ މަޢުލޫމާތު ފޯރުކޮށްދިނުން
  11. ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ އަހަރީ ބަޖެޓް ތައްޔާރުކޮށް ފޮނުވުމުގެ ކަންކަން ޓްރެޜަރަރގެ އިރުޝާދުގެ ދަށުން ކުރަމުން ގެންދިއުން
  12. އެސޯސިއޭޝަންގެ ބަޖެޓުން ފައިސާ ދައްކަންޖެހޭ ބިލްތަކާއި ލިޔުންތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދެއްކުމުގެ ކަންތައްތައް ކުރުން
  13. ބަޖެޓުގެ ރިޕޯޓް މަހުންމަހަށް ތައްޔާރުކޮށް މިނިސްޓްރީ އަށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުމުގެ ކަންތައް ކުރުން
  14. އެސޯސިއޭޝަނަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އެންމެހާ ކަންކަން އެސޯސިއޭޝަންގެ ގަވާއިދާ އެއްގޮތަށް ކުރުން
  15. މިނޫންވެސް އެސޯސިއޭޝަނާއި ގުޅުން ހުރި އެހެނިހެން ކަންތައްތަކުގައި އެހީތެރިވެދިނުން

މަގާމުގެ ޝަރުތުތައް

  • ސާނަވީ ނުވަތަ އެއާ އެއް ފެންވަރެއްގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތު ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ  އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި'  މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.

   ނުވަތަ

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާންގައި  ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް

1-      ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4-      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5-      މަސައްކަތުގެ ތަޖުރިބާ އަންގާދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

އެދެންވީ ގޮތާއި ސުންގަޑި

މަގާމަށް އެދި ހުށަހަޅާ ފޯމާއި، ފޯމާއި އެކު ހުށަހަޅަން ޖެހޭ ލިޔުންތައް 07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 14.00ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިންޓަވިއު

އިންޓަވިއުއަށް ކިޔޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

03 ޖުލައި 2022
ހޯދާ