ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުދައަރައި ގެއްލުންވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުން.

ހޯނޑެއްދޫގެ ހުޅަނގު ފަރާތާއި ހުޅަނގު އުތުރުގެ ސަރަޙައްދުތަކަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް 01 ޖުލައި 2022 ވަނަ ދުވަހުން ފެށިގެން ވަމުން އެބަދެއެވެ. އާންމު ރައްޔިތުންނަށް ވަމުންދާ ގެއްލުންތަކަށް ޙަލެއް ލިބޭތޯ އާއި ލިބެމުންދާ ގެއްލުން ކުޑަކުރުމަށް މިކައުންސިލުން މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިހާރު ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރު ލެއްވުމަށް ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. މިފަދަ ޙައްސާސީ ދަނޑިވަޅެއްގައި ކައުންސިލުން އެދެނީ ރައްޔިތުން ކެއްތެރިވެ ކައުންސިލާއިއެކު ގުޅިގެން މަސައްކަތް ކޮށްދެއްވުމަށެވެ.

ރައްޔިތުންނަށް ލިބެމުންދާ ގެއްލުން ދެނަގަތުމަށްޓަކައި އަދި ވީއެންމެ އަވަހަކަށް ކަމާއިބެހޭ އިދާރާތަކަށް ފޮނުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ރައްޔިތުންގެ ފަރާތުން މިކައުންސިލަށް ބޭނުންވެއެވެ. ގެތަކަށް އަދި މުދަލަށް ލިބިފައިވާ ގެއްލުން ދެނަގަތުމަށް ތިޔަ ރައްޔިތަކަށް ލިބިފައިވާ އެއްވެސް ފޮޓޯ އެއް ނުވަތަ ވީޑީއޯ އެއް އޮތްނަމަ އެގޭގެ ނަން ޖައްސަވައި މިކައުންސިލްގެ ވައިވާ ނުވަތަ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިކައުންސިލާއި ހިއްސާ ކޮށްދެއްވުން އެދެމެވެ. މިކައުންސިލްގެ ވައިބަރ ނަންބަރަކީ 9660015 އަދި ފޭސްބުކް ޕޭޖް ލިންކް އަކީ https://www.facebook.com/hoandedhdhoo.council  ކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުލައި 2022
ހޯދާ