ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:            އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ބާވަތް:                   ދާއިމީ

ޢަދަދު:              01

މުސާރަ:             -/6295

ޢިނާޔަތް:-         

     ސަރވިސް އެލަވަންސް:        -/2000

     ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45

މަޤާމުގެ މަސްއޫލިއްޔަތު:

  1. ރިސެޕްޝަނުން ދޭންޖެހޭ އެންމެހާ ޚިދުމަތްތައް ޓްރައިބިއުނަލްގެ ޤަވާޢިދުތަކާއި ޕްރޮސީޖަރތަކާ އެއްގޮތަށް ދިނުން
  2. ފޯންކޯލްތަކަށް ޖަވާބު ދިނުމާއި، ރިސެޕްޝަނަށް އަންނަ މީހުންނަށް އެޓެންޑްވުން
  3. ސިޓީތަކާ ލިޔުންތައް ބަލައިގަނެ އެންޓްރީކުރުން
  4. ޖެމްސް ޗެކްކޮށް ޖެމްސް މެދުވެރިކޮށް ލިބޭ ލިޔެކިޔުންތައް އެންޓަރ ކުރުން
  5. ލިބޭ ލިޔެކިޔުންތައް އެންޓްރީއަށް ނެގުމަށްފަހު ލިޔުންތައް ހަވާލުކުރަންޖެހޭ މުވައްޒަފުންނާއި ޙަވާލުކުރުން
  6. ފައިލްކުރަން ގެންނަ ކޭސް ޑޮކިއުމެންޓްތައް ރަގަޅަށް ކިޔުމަށްފަހު ބަލައިގަތުން އަދި ޑޮކިއުމެންޓްތައް ފުރިހަމަކުރެވިފައިވޭތޯ ބެލުން.
  7. ޑިސްޕެޗްކުރުމަށް ގެނެވޭ އަމުރުތަކާއި ލިޔުންތައް ޑިސްޕެޗްކުރުމަށް ޕިއޯނުންނާއި ހަވާލުކުރުން އަދި އަވަހަށް ފޮނުވަންޖެހޭ ލިޔުންތައް އަވަހަށް ފޮނުވުމަށް އިސްކަންދިނުން
  8. ޖޮބް އެޕްލިކޭޝަނާއި އަދި އެނޫންވެސް ވަކިދުވަހެއްގެ ވަކިގަޑިއަކަށް ބަލައިގަންނަން ޖެހޭ ލިޔުންތައް ވަގުތަށް ބަލައިގަތުން އަދި އެކަމުގައި ފަރުވާތެރިވުން.
  9. ފެކްސްއިން އަންނަ ލިޔުންތައް ނަގާ އެންޓްރީކޮށް ކަމަބެހޭ މުވައްޒަފުންނަށް ޙަވާލުކުރުން
  10. މައްސަލަތަކުގައި އަންނަ މީހުން ހަވާލުކުރާތަކެއްޗާއި ހަވާލުވެ އަނބުރާ ދާއިރު ހަވާލުކުރުން އަދި މިތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
  11. ކޮންމެ ދުވަހެއްގެ މަސައްކަތް ނިމުމުގެ ކުރީން ޑިސްޕެޗަށް ހަވާލުކުރެވޭ ތަކެއްޗާއި އެންޓްރީ ކުރެވޭ ތަކެތީގެ ތެރެއިން ހަވާލުނުކުރެވިހުރިއެއްޗެހި ބަލާ އަވަހަށް ހަވާލުކުރަންޖެހޭ އެއްޗެއް އޮތް ނަމަ އެކަމަކާގުޅޭ މުވައްޒަފަކަށް އެންގުން.
  12. އެކި ކަންކަމާއި ގުޅިގެން ބަލައިގަންނަ ފައިސާ ރަސީދު ހަދާ ބަލައިގަނެ ކޮންމެ ދުވަހެއްގެ ވެސް އޮފީސް ބަންދުވުމުގެ ކުރީން ފައިނޭންސް އޮފިސަރަށް ހަވާލުކުރުން. އަދި ފައިސާ ބަހައްޓާ ވަތްގަނޑު ތަޅުލާފައި ބެހެއްޓުން.
  13. ޓްރާންސްޕޯރޓް ފޯރމް ބަލައިގަތުމަށްފަހު ޗެކްކުރުން.
  14. ބަޔާންތަކުގައި  ސޮއިކުރަން އަންނަމީހުންނަށް އެޓެންޑްވުން
  15. ސަލާމް ބުނާ މުވައްޒަފުންގެ ނަން ނޯޓްކުރުން
  16. އޮފީސް މޮބައިލްއަށް އަންނަ މެސެޖްބެލުން. އަދި އޮފީސް މޮބައިލް ސަސްޕެންޑްވިއަނުދީ ރިލޯޑްކޮށް ބެލެހެއްޓުން
  17. އޮފީހަށް ގަންނަން ބޭނުންވާ ތަކެއްޗާއި ހޯދަންޖެހޭ ހުރިހާ ޚިދުމަތެއް ހޯދުމުގެ ކަންތައްތައް މާލިއްޔަތު ޤާނޫނާއި، ޤަވާޢިދާއި އަދި ޓްރައިބިއުނަލްގެ ޕްރޮކިއުމެންޓް ޕްރޮސީޖަރއާ އެއްގޮތަށް ކުރުން
  18. އޮފީހަށް ގަންނަ މުދާ ސިސްޓަމުން ރިސީވްކުރުން
  19. ޑިޕާޓްމެންޓްތަކަށް ބޭނުންވާ ތަކެތި ހޯދަން އެދުމުން އެމަސައްކަތްތައް ޕްރޮކިއުމެންޓް ޕްރޮސީޖަރއާއި އެއްގޮތަށް ކުރިއަށް ގެންދިއުން
  20. ސޮޓްކޮ ބެލެހެއްޓުން
  21. ސޮޓޮކުން މުވައްޒަފުންނާއި ޑިޕާޓްމެންޓްތަކަށް ބޭނުންވާ ތަކެތި ދޫކުރުން
  22. އޮފީހަށް ގަންނަން ބޭނުންވާ ތަކެއްޗާއި ހޯދަންޖެހޭ ހުރިހާ ޚިދުމަތެއް ހޯދުމުގެ ކަންތައްތައް މާލިއްޔަތު ޤާނޫނާއި، ޤަވާޢިދާއި އަދި ޓްރައިބިއުނަލްގެ ޕްރޮކިއުމެންޓް ޕްރޮސީޖަރއާ އެއްގޮތަށް ކުރުން
  23. އޮފީހަށް ގަންނަ މުދާ ސިސްޓަމުން ރިސީވްކުރުން
  24. ޑިޕާޓްމެންޓްތަކަށް ބޭނުންވާ ތަކެތި ހޯދަން އެދުމުން އެމަސައްކަތްތައް ޕްރޮކިއުމެންޓް ޕްރޮސީޖަރއާއި އެއްގޮތަށް ކުރިއަށް ގެންދިއުން
  25. މުވައްޒަފުންނާއި ބޭނުންވާ ތަކެތި ސްޓޮކުން ދޫކުރުން
  26. ޓްރައިބިއުނަލްގެހަރުމުދާ ބެލެހެއްޓުން
  27. ހަރުމުދަލުގެ ލިސްޓް އަޕްޑޭޓްކޮށް މުދަލުގައި ޖަހަންޖެހޭ އިންވެންޓްރީ ނަމްބަރު ޖަހާ ބެލެހެއްޓުން.
  28. އެކިފަރާތްތަކާއި ޙަވާލުކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޢިޢުލާނުކުރުމާއި، މަޢުލޫމާތު ދިނުން އަދި ޕްރޮޕޯސަލް ބަލައިގަނެ މާލިއްޔާތު ޤަވާޢިދާ އެއްގޮތަށް ޕްރޮސެސް ކުރުން
  29. ބިޑް ޕްރޮސެސް ކުރުމަށްޓަކައި އިވެލުއެޓްކުރުމަށްފަހު ޚަރަދު ކޮމިޓީއަށް ގެންދިއުމަށް ތައްޔާރުކުރުން
  30. ޚަރަދުކޮމިޓީއިން ގޮތެއް ނިންމުމުން އެނިންމާ ގޮތަކަށް ޢަމަލުކުރުން. މިގޮތުން މަސައްކަތް ޙަވާލުކުރަން ނިންމާ ބައަކާއި އެގްރީމެންޓް ހެދުން އަދި ތަކެތި ގަންނަނަމަ ޕާރޗޭސް އޯޑަރ ޕްރޮސެސްކުރުން
  31. މުދާ އަދި ޚިދުމަތްލިބުމުން އެލިބުނު މުދަލަކީ ނުވަތަ ޚިދުމަތަކީ ޓްރައިބިއުނަލްއާއި އެޚިދުމަތް ދިން ފަރާތާއި ދެމެދު ކުރެވިފައިވާ އެގްރީމެންޓްގައިވާ ގޮތަށް ކޮށްފައިވާ މަސައްކަތެއްތޯ ބެލުން އަދި އެލިބުނު މުދަލަކީ ޕާޗޭސް އޯޑަރގައިވާ ސްޕެސިފިކޭޝަނާއި އެއްގޮތް މުދާތޯ ޔަގީންކުރުން.
  32. ދިގުމުއްދަތަށް ދެމިގެންދާ އެގްރީމެނޓްތަކުގެ ދަށުން ކުރާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި މިފަދަ މަސައްކަތްތައް ކުރުމަށް އެގްރީމެންޓކުރެވޭ ފަރާތްތަކުން މަސައްކަތްތައް އެގްރީމެނޓާއި އެއްގޮތަށް ނުކުރާނަމަ އިދާރީ ޑިރެކްޓަރގެ ސަމާލުކަމަށް ގެނެސް އެފަރާތްތަކާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  33. އައިޓީއާއި ގުޅޭ ހުރިހާ މުދަލެއް ހޯދުމުގައިވެސް އައިޓީ އޮފިސަރުންގެ އެޕްރޫވް ހޯދުމަށް ފަހު ޑިރެކްޓަރ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ލަފައާއެކު ޕްރޮސެސްކުރުން.
  34. އޮފީހުގެ މުދަލުގެ ތެރެއިން ބާވެގެން ނުވަތަ ހަލާކުވެގެން އަދި އެނޫންވެސް ސަބަބަކާހެދި  ނީލަން ކިޔަންޖެހޭ ކަމަށް ފެންނަތަކެތި ނީލަން ކިއުމުގެ މަސައްކަތްކުރުން.
  35. އޮފީސް ޢިމަރާތުގެ އިންފްރާންސްޓްރަކްޗަރއަށް ދިމާވާ މައްސަލަތައް ޢިމާރާތް ކުއްޔައް ދިނުމުގެ އެގްރީމެންޓާއި އެއްގޮތަށް މަރާމާތުކުރުމުގެ ކަންތައްތައް ކުރުން.
  36. އޮފީހުގެ ފަރނިޗަރ، ފިކްސްޗަރ އަދި އެނޫން ތަކެއްޗަށްލިބޭ ގެއްލުން ބަލާ އެގެއްލުމަކީ މުވައްޒަފެއްގެ އިހުމާލުން ދިމާވިކަމެއްނަމަ އެކަން ބެލުމަށް އިދާރީގޮތުން އަންގަންޖެހޭ ފަރާތްތަކަށް އެނގުމާއި އެފަދަ ތަކެތި މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން
  37. އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތްތައް އެގްރީމެންޓްގައިވާ ގޮތަށް ކުރިއަށް ދޭތޯބެލުމާއި އޭގެ އިތުރުންވެސް އޮފީހުގެ ހުރިހާ ތަންތަން ސާފުކޮށް ބެހެއްޓުމަށް މަސައްކަތްކުރުން.
  38. އޮފީހުގެ ދޮރުފޮތިތަކައި، ސޯފާގެ ފޮތިތައް އަހަރަކު އެއްފަހަރު ލޯންޑްރީއަކަށް ފޮނުވައިގެން ދޮވުން.
  39. ކޮންމެ ދުވަހަކުވެސް އޮފީސް ނިމޭ ގަޑީގައި ޑަސްޓްބިންތައް ނެގުވުމާއި ހެނދުނު ކުނިއުކާ މީހާ ކުނި އުކާތޯބެލުން.
  40. މަސައްކަތު މީހާ ނުހުންނަ ދުވަސްތަކުގައި އޭނާގެ މަސައްކަތް ޕިޔޯނުން ލައްވާކުރުވުން.
  41. މަސައްކަތުމީހާގެ މަސައްކަތް މޮނިޓަރ ކުރުން.
  42. މެމްބަރުންގެ ކޮޓަރިތައް ކޮންމެ ދުވަހަކު ސާފުކުރޭތޯ ބެލުމާއި މެމްބަރުންނަށް އަދި މުވައްޒަފުންނަށް ބޭނުންވާ ފެން ހުސްނުކޮށް ލިބޭނެގޮތް ހަމަޖެއްސުން
  43. ޓްރައިބިއުނަލްއިން ކުރަންޖެހޭ ދަތުރުތައް އެރޭންޖްކުރުމާއި ލޮޖިސްޓިކްސް ހަމަޖެއްސުން.
  44. ރިސެޕްޝަންގައި ކުރަންޖެހޭ މަސައްކަތް ކުރުން
  45. ފައިނޭންސް އޮފިސަރގެ ހިދުމަތް ނުލިބޭ ޙާލަތްތަކުގައި ފައިނޭންސް އޮފިސަރގެ މަސައްކަތް ކުރުން.
  46. އިދާރިގޮތުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން

މަތީގައި ބުނެވިދިޔަ މަސައްކަތްތަކުގެ އިތުރުން ޓްރައިބިއުނަލްގެ މަސައްކަތާ ގުޅިގެން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް  ކުރުން، މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ހިންގަންޖެހޭ ޚާއްސަ ބޮޑެތި ކަންތައްތަކުގައާއި  ޢާންމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި ކަންތައް ތަކުގައާއި ކުއްލިގޮތުގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި އެހީތެރިވެ ދިނުމަށް މި ޓްރައިބިއުނަލްގެ ވެރިން އަންގަވާ ގޮތެއްގެ މަތިން ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުމަކީ ކޮންމެ މުވައްޒަފެއްގެވެސް ޒިންމާއެކެވެ.

ފެންވަރު ނުވަތަ ޝަރުތު: 

 1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، ނުވަތަ

2. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، މަސައްކަތުގެ  ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން:

    • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
    • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
    • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން:   މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ޖުލައި 2022 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ޓްރައިބިއުނަލުގެ ރަސްމީ ވެބްސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،
  3.  އައި.ޑީ ކާޑުގެ ކޮޕީ،
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.
  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،
  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

30 ޖޫން 2022
ހޯދާ