އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އދ. ކުނބުރުދޫ މެޖިސްޓްރޭޓް ކޯޓު ހިންގާ އިމާރާތުގެ ވެއިޓިންގ އޭރިޔާ އާއި ގުދަން ހެދުމާއި، ފާޚާނާ މަރާމާތު ކުރުމާއި، އިމާރާތުގައި ކުރަންހުރި އެހެނިހެން މަރާމާތުގެ މަސައްކަތްކުރުން.

އދ. ކުނބުރުދޫ މެޖިސްޓްރޭޓް ކޯޓު ހިންގާ އިމާރާތުގެ ވެއިޓިންގ އޭރިޔާ އާއި ގުދަން ހެދުމާއި، ފާޚާނާ މަރާމާތު ކުރުމާއި، އިމާރާތުގައި ކުރަންހުރި އެހެނިހެން މަރާމާތްކުރުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 ޖުލައި 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް މި ކޯޓަށް ނުވަތަ އދ. ކުނބުރުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންނަމަ ކަނޑައެޅިފައިވާ ގަޑި ޖެހުމުގެކުރިން [email protected] އަށް މެއިލް ކުރަންވާނެއެވެ. އަދި މިމަސައްކަތާ ގުޅޭ ޕްރީ-ބިޑް މީޓިންގ އޮންނާނީ 7 ޖުލައި 2022ވާ ބުރާސްފަތި ދުވަހުގެ 13:45ގައި އދ. ކުނބުރުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ހުޅުވުން އޮންނާނީ އެކަމަށް ޚާއްޞަކޮށްގެން އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓާއި، އދ. ކުނބުރުދޫ މެޖިސްޓްރޭޓް ކޯޓުގައި 19 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 13:30 ގައި ބާއްވާ ބައްދަލުވުމުގައެވެ.

ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

 

30 ޛުލްޤައިދާ 1443

30 ޖޫން 2022
ހޯދާ