ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2023-2022 ވަނަ އަހަރު ޕްރީސްކޫލް (އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ) ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުމާ ބެހޭ

 (IUL)GS-01/GS-01/2022/23 :ނަންބަރ

އިޢުލާން

2023-2022 ވަނަ އަހަރު ޕްރީސްކޫލް (އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ) ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުމާ ބެހޭ

ބ. އަތޮޅުތަޢުލީމީ މަރުކަޒުގެ 2022-2023 ވަނަ އަހަރު ޕްރީސްކޫލް (އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ) ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ އާއި އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ އެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 04 ޖުލައި 2022 ވާ ހޯމަ ދުވަހު މެންދުރުކުރި 11:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހު މެންދުރުކުރި 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މައުލޫމާތު ސާފުކުރަން ވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ފޮތްލިސްޓް އާއި ސްޓޭޝަނަރީ ވިއްކުމަށްޓަކައި  ރަޖިސްޓްރީ ކޮށްފައިވާ ބުކްޝޮޕް ތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން ޤަބޫލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

             01 ޛުލްޚިއްޖާ 1443

              30 ޖޫން 2022 

30 ޖޫން 2022
ހޯދާ