ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
އެން.ބީ.ސީ ޢިމާރާތް ކުނިކަހާ ފޮޅާ ސާފުކުރުން

         ނަންބަރު :(IUL)178-P/1/2022/4

 

އިޢުލާން

އަންދާސީ ހިސާބު  ބޭނުންވެއްޖެ

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންގެ އިދާރީ އޮފީސް ހުންނަ އިމާރާތް ފޮޅާސާފުކުރުމުގެ މަސައްކަތް ކުރާނެފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މަޢުލޫމާތު ސާފުކުރުމަށް އަދި ބީލަން ހުށަހެޅުމަށް ވަޑައިގެންދެއްވުން އެދެމެވެ.

ތަފްސީލު

ތާރީޚު (ދުވަސް)

ގަޑި

ތަން

މައުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

03 ޖުލައި 2022

(އާދިއްތަ)

11:00

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން (އޮލިމްޕަސް ގޯޅިތެރޭގައި ހުންނަ ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން ބިލްޑިންގ)

ބީލަން ހުށަހެޅުން

06 ޖުލައި 2022

    (ބުދަ)

11:00

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން (އޮލިމްޕަސް ގޯޅިތެރޭގައި ހުންނަ ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން ބިލްޑިންގ)

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 90 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 90 )
  • ·            ތަޖުރިބާއަށް 10 ޕޮއިންޓް(ތަޖުރިބާގެ ގޮތުގައި ގުނޭނީ ފާއިތުވި ދެއަހަރު ކޮށްފައިވާ މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.) ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ކުޑަ ބޮޑު މިނަށް (ޕްރޮޖެކްޓްގެ އަގަށް) ބެލޭނެއެވެ.

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ. ކުންފުންޏެއް، ޕާޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ، ހުށަހަޅާ ފަރާތުގެ، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާބެހޭ ޕްރޮފައިލް.  

ނ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީ.

ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ބ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މިނިސްޓްރީން ދީފައިވާ ބީލަން ފޮތުގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށް ފަހު، ބީލަން ފޮތާއި އަންދާސީ ހިސާބު، ބަންދުކުރެވިފައިވާ ސިޓީއުރައެއްގެ ބޭރުގައި، ހުށަހެޅި ފަރާތާއި އަންދާސީ ހިސާބު ހުށަހެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3015400، 3312900 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

01 ޛުލްޙިއްޖާ 1443

30 ޖޫން   2022

30 ޖޫން 2022
ހޯދާ