މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
މަދަރުސަތުއްޝައިޚް އިބްރާހިމްގެ ދަރިވަރުންގެ ޔުނިފޯމްޓައީ ދަރިވަރުންނަށް ދަތިނުވާގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މަދަރުސަތުއްޝައިޚް އިބްރާހިމްގެ ދަރިވަރުންގެ ޔުނިފޯމްޓައީ ދަރިވަރުންނަށް ދަތިނުވާގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ސްކޫލުގެ އީމެއިލް [email protected]  އަށް މެއިލްކޮށްގެން (މެއިލްކޮށްފިނަމަ ސްކޫލަށް މެއިލް ލިބުންކަން ކަށަވަރު ކުރަށްވާނެ) ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.  މެއިލް ފޮނުވަންޖެހޭ މުއްދަތަކީ އިޢުލާން ދިވެހިސަރުކާރުގެ ގެޒެޓްގައި ޕަބްލިޝްކުރި ގަޑިން ފެށިގެން 04 ޖުލައި  2022 ގެ 14:00 އަށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ފޮނުވާ އީމެއިލް ގައި ، އިޢުލާން ނަންބަރ ، ގުޅޭނެ ފޯނު ނަންބަރު ޖެހުމަށް ފަހު ވިޔަފާރީ ރަޖިސްޓްރީގެ ސްކޭން ކޮޕީ އެއް އެޓޭޗް ކުރެވިފައިއޮންނަށްވާނެއެވެ.
  3. މިމަސައްކަތާއި  ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 ޖުލައި 2022 ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑުރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރިބިޑް މީޓިންގ އޮންނާނީ  05 ޖުލައި 2022 ދުވަހުގެ ހެދުނު 10:00 ގައި ހއ.ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ އޭވީރޫމުގައެވެ.
  5. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 06 ޖުލައި 2022 ވާ  ބުދަ ދުވަހުގެ ހެދުނު 10:00 ގައި ހއ.ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ އޭވީރޫމުގައެވެ.
  6. މިކަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ދިވެހިސަރުކާރުގެ ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝެއިޚު އިބްރާހީމް ސްކޫލް

މިސްކިތްމަގު ކެލާ، ދިވެހިރާއްޖެ.

ފޯން: 6500097

އީ-މެއިލް: [email protected]

29 ޖޫން 2022
ހޯދާ