މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

ވިލިނގިލީއަވަށުގައި ހުންނަ އެމް.އެން.ޑީ.އެފް. ގެ ފްލެޓް އިމާރާތާއި، އިމާރާތުގެ ގޯތިތެރެއާ އިންވެގެންވާ މަގުތައް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްކޮށްދޭން އެދޭ ފަރާތްތަކުން 01 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު 08 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިމިނިސްޓްރީގެ ފޯން ނަންބަރު 3313124 އާ ގުޅުން އެދެމެވެ.

21 ޛުލްޙިއްޖާ 1435

25 ސެޕްޓެންބަރު 2014
ހޯދާ