ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ފިޔޯރީ ކައުންސިލް-ފޭސް ކިޑްސް ފުޓްސަލް ޓޯރނަމެންޓް 2022" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

"ފިޔޯރީ ކައުންސިލް ފޭސް ކިޑްސް ފުޓްސަލް ޓޯރނަމެންޓް 2022" 4 ޖުލައި 2022 ވަނަ ދުވަހުގައި ފެށުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމްތަކުން، އެއްކަރުދާސް ކުރެވިފައިވާ އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭ ތާރީހްގެ ކުރިން އީމެއިލް ކޮށްދެއްވުން އެދެމެވެ.އޮފީސް ގަޑީގައި މިއެޕްލިކޭޝަން ފޯމްތައް މިއިދާރާގެ ކައުންޓަރަށް ވެސްހުށަހެޅިދާނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ތާރީޙް:

2 ޖުލައި 2022 ، 14:00ގެ ނިޔަލަށް

ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެއްމެ ފަހު ތާރީޙް:

3 ޖުލައި 2022، 14:00ގެ ނިޔަލަށް

މުބާރާތް ފެށުމަށް ތާވަލް ކުރެވިފައިވާ ތާރީޙް:

4 ޖުލައި 2022

ފޯމް ފޮނުވަންވީ ގޮތް:

[email protected] އަށް އީމެއިލް ނުވަތަ މިއިދާރާގެ ކައުންޓަރަށް އޮފީސް ރަސްމީ ގަޑީގައި ހުށަހެޅިދާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ނަންބަރ 990888 ފޯނާއި ގުޅުއްވުން އެދެން

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

29 ޖޫން 2022
ހޯދާ