ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އޮފީސް އިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)483/1/2022/13 (16 ޖޫން 2022) އިޢުލާނާއެކު އާންމުކުރެވުނު މިނިމަމް ރިކުއަރމަންޓް ހަމަވާ ތަނެއް ކުއްޔަށް ދޫކުރާނެ ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ މިނިމަމް ރިކުއަރމަންޓަށް ބަދަލުގެނެސް، އެ އިޢުލާނު ބާޠިލުކޮށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާ ގަޑިއަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

ތަން: ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް

    މޫކައި ސުއިޓްސް، 8 ވަނަ ފަންގިފިލާ

    މ.ސަކައިމޫ، ހަވީރީ ހިނގުން

ތާރީޚް:06 ޖުލައި 2022

ގަޑި: 11:00

މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި، ނަންބަރު 7960440 ފޯނަށް ގުޅުއްވުން އެދެމެވެ.

29 ޖޫން 2022
ހޯދާ