މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓުއަރިޒަމް އެކްސްޕޯ 2022 އަތްތެރިކަމުގެ މަސައްކަތު މަޢުރޫޒު ކުރިއަށްދާ ވަގުތު ވިޔަފާރި އުސޫލުން ބިންދޫކުރުން

ޓުއަރިޒަމް އެކްސްޕޯ 2022 އަތްތެރިކަމުގެ މަސައްކަތު މަޢުރޫޒު 2022 އޮގަސްޓު 6 ވަނަ ދުވަހުގެ ރ. އަނގޮޅިތީމު ވިޒިޓަރސް ސެންޓަރުގައި ބާއްވާ މި އިވެންޓް ކުރިއަށްދާ ވަގުތު އެސަރަޙައްދުގައި ވިޔަފާރި ކުރުމަށް ޖުމުލަ 8 ބިން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލަމެވެ. މި ބިންތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ މިކަމަށް އެދި އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން -/100 ރުފިޔާއަށް ވުރެ މަތިން ހުށައަޅާ އަގުތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ 8 ފަރާތަކަށެވެ. މި 8 ބިން ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ ވަކިވަކީންނެވެ. ކޮންމެ ފަރާތަކަށް އަގު ހުށައެޅޭނީ އެންމެ ބިމަކަށެވެ. މި ކަމާބެހޭ މަޢުލޫމާތު ސާފްކުރުން އޮންނާނީ 2022 ޖުލައި 05 ވާ އަންގާރަ ދުވަހުގެ 13:15 މި އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފްކުރަން ހާޒިރުވާ ބޭފުޅާގެ އައި.ޑީ ކާޑު ގެ ކޮޕީ އަދި ކުންފުންޏެނަމަ ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ ގެންނަންވާނެއެވެ.

އަގު ހުށައެޅުން އޮންނާނީ 2022 ޖުލައި 07 ބުރާސްފަތި ދުވަހުގެ 13:15 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. މީގެ ތެރެއިން އަގު ހުށަހަޅާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި  އެޑްރެސް އަދި "ޓުއަރިޒަމް އެކްސްޕޯ 2022 ވިޔަފާރި ބިންދޫކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަގު ހުށަހަޅާ ލިޔުމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.

29 ޖޫން 2022
ހޯދާ