ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ތަފާތު އެކިއެކި މާއްދާތަކުގެ ލޭއައުޓް ތައްޔާރުކޮށް، އަރަބި އަދި އައި.ސީ.ޓީ މާއްދާގެ ސިލަބަސްތަކަށް ބޭނުންވާ ޓީޗިންގ މެޓީރިއަލްސް އުފައްދައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ދިވެހިރާއްޖޭގެ ޤައުމީ މަންހަޖަށް ތައްޔާރުކޮށްފައިވާ ތަފާތު އެކިއެކި މާއްދާތަކުގެ ލޭއައުޓް ތައްޔާރުކޮށް، އަރަބި އަދި އައި.ސީ.ޓީ މާއްދާގެ ސިލަބަސްތަކަށް ބޭނުންވާ ޓީޗިންގ މެޓީރިއަލްސް އުފައްދައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

02 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 10:00 އަށް

08 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3012369 ނަންބަރު ފޯނާއެވެ.

01 ޛުލްޙިއްޖާ 1435

25 ސެޕްޓެންބަރު 2014
ހޯދާ