މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ބްރޯކަރ ކުންފުނިތަކުގެ ޑައިރެކްޓަރުންނާބެހޭ

ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކުގެ ޑައިރެކްޓަރުންގެ ތެރޭގައި ނުވަތަ ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި، ކަސްޓަމްސްގެ ސަރަޙައްދުތައް އޮންނަ ބަނދަރުތައް ހިންގާ ފަރާތުގެ މުވައްޒަފެއް ހިމެނިގެން ނުވާނެކަމަށް ކަސްޓަމްސް ޢާންމު ގަވާއިދުގެ 473 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވެއެވެ.

 

 އިސްވެ ދެންނެވުނު މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި މިއޮފީހުގައި ރަޖިސްޓަރީކޮށް، ލައިސަންސް ދޫކުރެވިފައިވާ ކުންފުނިތަކުގެ ޑައިރެކްޓަރުންނާއި، އަދި މުވައްޒަފުންގެ ތެރޭގައިވެސް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ނުވަތަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގައި ނުވަތަ އެ ދެ ކުންފުނީގެ ދަށުން ހިންގާ އެއްވެސް އޮފީހެއްގައި ވަޒީފާ އަދާކުރައްވާ ބޭފުޅުން ތިއްބެވިކަން ނުވަތަ ނޫންކަން 2022 ޖުލައި 25 ވަނަ ދުވަހުގެކުރީން މިއޮފީހަށް އަންގަވައިދެއްވުން އެދެމެވެ.

 

އަދި މިދެންނެވި ކުންފުނިތަކުގައި، ކަސްޓަމްސް ބްރޯކަރ ކުންފުނިތަކުގެ ޑައިރެކްޓަރުންގެ ބޯޑުގައި ހިމެނި ވަޑައިގަންނަވާ  މެމްބަރެއް ވަޒީފާ އަދާކުރައްވާނަމަ، އެފަރާތްތައް ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުން ވަކިކުރައްވައި، ޑައިރެކްޓަރުންގެ ބޯޑު އަލުން އެކުލަވާލެއްވުމަށްފަހު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ، 2022 ސެޕްޓެމްބަރު 25 ގެ ކުރީން މިއޮފީހަށް ހުށަހަޅުއްވައިދެއްވުން އެދެމެވެ. އަދި މިމުއްދަތުގެ ތެރޭގައި މިކަން އިޞްލާޙް ނުކުރައްވައިފިނަމަ، ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ ދަށުން އެފަދަ ކުންފުނިތަކާމެދު ފިޔަވަޅު އެޅޭކަން ތިޔަ ކުންފުނިތަކުގެ  މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު:3334176 ފޯނަށް ގުޅުއްވުން އެދެމެވެ.

29 ޖޫން 2022
ހޯދާ