މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވޭން މަރާމާތުކުރުމަށް

މިނިސްޓްރީ އޮފް ހެލްތުގެ ރޯވަރ ބްރޭންޑް ވޭންގެ އިންޖީނު މަރާމާތު ކުރުމާއި ސާރވިސް ކުރުމާއި އަދި އެހެނިހެން މަރާމާތުތައް ކުރުމަށްފަހު ރަޖިސްޓަރީ ކުރުމާއި، މިނިސްޓްރީއިން އަންގާ ރަށަކާ ހަމަޔަށް ފޮނުވައި ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)23-AP/1/2014/176) އާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، މިނިސްޓްރީ އޮފް ހެލްތުގެ ރޯވަރ ބްރޭންޑްގެ ވޭނުގެ އިންޖީނު މަރާމާތު ކުރުމާއި ސާރވިސް ކުރުމާއި އަދި އެހެނިހެން މަރާމާތުތައް ކުރުމަށްފަހު ރަޖިސްޓަރީ ކުރުމާއި މިނިސްޓްރީއިން އަންގާ ރަށަކާ ހަމަޔަށް ފޮނުވައިދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 އޮކްޓޫބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 އޮކްޓޫބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

01 ޛުލްޙިއްޖާ 1435

25 ސެޕްޓެންބަރު 2014
ހޯދާ