އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ށ.ޅައިމަގު، ށ.ކޮމަންޑޫ، ކ.ތުލުސްދޫ އަދި އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން - ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު

(IUL)38-CA/38/2022/198 : ނަންބަރު

އިޢުލާން

ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު

ށ.ޅައިމަގު، ށ.ކޮމަންޑޫ، ކ.ތުލުސްދޫ އަދި އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބޭއްވުން

2022 ޖުލައި 02 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ށ.ޅައިމަގު، ށ.ކޮމަންޑޫ، ކ.ތުލުސްދޫ އަދި އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕުކޮށްފީމެވެ. މި ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ޗާޕްކުރި ވޯޓުކަރުދާހުގެ ތަފްޞީލް

 

#

ދާއިރާ ކޯޑު

ދާއިރާ / ރަށުގެ ނަން

ޕްރިންޓްކުރި ޖުމްލަކަރުދާހުގެ އަދަދު

1

C10

ށ.ޅައިމަގު

598

2

C11

ށ.ކޮމަންޑޫ

1428

3

H4

ކ.ތުލުސްދޫ

1088

4

U1

އއ.ތޮއްޑޫ

1408

 

 

 

4522

 

ވީމާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

29 ޖޫން 2022
ހޯދާ