ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިގާ މީހުންނާއި ދުއްވާ މީހުންނަށް އުދަގޫވާގޮތަށް ބަހައްޓާފައިވާ ތަކެއްޗާއި ގަސްތައް ކޮށުން

ހިގާ މީހުންނާއި ދުއްވާ މީހުންނަށް އުދަގޫވާގޮތަށް ބަހައްޓާފައިވާ ތަކެއްޗާއި ގަސްތައް ކޮށުން.

ގދ.ފިޔޯރީގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ އެންމެހާ ގޯތިތަކުގެ މަގާއި ގޯޅިއަށްވާގޮތަށް ގޭބިސީތަކުގެ އިމުން ބޭރަށް ނުކުމެފައިވާ ގަސްގަހުގެ ގޮފިތަކާއި ރުކުގެ ފަންތައް ކަނޑާ ސާފުކުރުމަށް ދަންނަވަމެވެ. އެގޮތުން، ގޭބިސީތަކުގެ އިމުންބޭރަށް ގަސްގަހުގެ ގޮފިތަކާއި ފަންތައް ނުކުމެފައިހުރުމުގެ ސަބަބުން، އެއްގަމު އުޅަނދުތަކަށް އުދަނގޫވެ ބައެއް ޙާލަތްތަކުގައި އެތަކެއްޗަށް ގެއްލުން ލިބޭފަހަރުވެސް އެބަ އާދެއެވެ. ހަމަމިއާއެކު މަގުތަކުން ހިގާބިގާއުޅޭ ފަރާތްތަކަށް އުދަގޫވެ އެކަމުގެ ޝަކުވާވެސް ކައުންސިލަށް ލިބެމުން ދެއެވެ.

ވީމާ،10 ޖުލައި 2022 ވާ ހުކުރު ދުވަހުގެ 18:00 އާއި ހަމަޔަށް  ގޭބިސީތަކުގެ އިމުންބޭރަށް 10 ފޫޓު ތިރިއަށް ފައިބާފައި ހުރި ގަސްގަހުގެ ގޮފިތަކާއި ރުކުގެ ފަންތައް ކޮށައި ސާފުކުރުމަށް ފަހު ގޯތިން ބޭރުގައި ހުރި ތަކެތި ނެގުމަށް  ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

27 ޖޫން 2022
ހޯދާ