ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ކަޅުރަހާ ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުން

އިއުލާނު

ބީލަން ހުށައެޅުމުގެ ދަޢުވަތު

ބީލަމުގެނަން: ލ. ކަޅުރަހާ ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުން

ބީލަން ނަންބަރު: 400/PROJ/2022/3

އިއުލާނު ނަމްބަރު: (IUL)400/INDIV/2022/32

އިއުލާނުގެ ވަނަ: 01

ލ. ކަޅުރަހާ ވަގުތީގޮތުން ބެލެހެއްޓުމާއި ހަވާލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން

ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ވުމަށް، 2022 ޖުލައި 6 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން  ބީލަމުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް ބަންދު ނޫން ކޮންމެދުވަހަކު މިއިދާރާއިން ލިބެންހުންނާނެއެވެ.އަދި މިކައުންސިލްގެ ވެބްސައިޓުންވެސް ލިބެންހުންނާނެއެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.

ބީލަން ފޮތް

މި ބީލަމުގެ ބީލަންފޮތް، 2022 ޖޫން 28 ވާ އަންގާރަ ދުވަހު ފެށިގެން 2022 ޖުލައި 6 ވާ ބުދަ ދުވަހުގެ 14:00 އާއި ހަމައަށް މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

ބީލަން ހުށައެޅުން

  • ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2022 ޖުލައި 7 ވާ ބުރާސްފަތި ދުވަހު 13:30އެވެ.
  • ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ.
  • ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ލ. ކަޅުރަހާ ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ބީލަން ހުޅުވުން

  • ބީލަން ހުޅުވާނީ 2022 ޖުލައި 7 ވާ ބުރާސްފަތި ދުވަހު 13:30 ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މައުލޫމާތު

  • މި ބީލަމާއި ގުޅެގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 6800718 އަދި 9498383 ނަންބަރު ފޯނަށެވެ.
  • އީމެއިލް ކުރައްވާނީ [email protected] އީމެއިލް އަށް،
28 ޖޫން 2022
ހޯދާ